އިބޫ ހައްޔަރުކޮށްފި

12 ޖުލައި 2017 ވަނަ ދުވަހު އިދިކޮޅު ކޯލިޝަންގައި ހިމެނޭ މަޖިލިސް މެމްބަރުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭ އިދިކޮޅު ކޯލިޝަން ފަރާތުން ބޭއްވި އެއްވުމުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހައްޔަރުކޮށްފި އެވެ.

އެމްޑީޕީގެ ރަސްމީ ޓުވީޓް އެކައުންޓް އިން ކޮށްފައިވާ ޓުވީޓްގައި ބުނެފައި ވަނީ ރޭ އިބޫ ހައްޔަރުކޮށްފައި ކަމަށާއި މިހާރު އޭނާ ދޫނިދޫ އަށް ގެންގޮސްފައިވާ ކަމަށެވެ.

އިބޫ ހައްޔަރުކޮށްފައި ވަނީ މުޒާހަރާގެ ބައިވެރިންނާ އެކު ޖުމްހޫރީ މައިދާން ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

ރޭގެ މުޒާހަރާގެ ތެރެއިން އިބޫ ހައްޔަރުކޮށްފައިވާ އިރު ރޭ ވަނީ އާންމުންގެ ތެރެއިން ވެސް ބަޔަކު ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް