ގައްދޫ އެކްސިޑެންޓުގައި އަނިޔާވި ދުވަސްވީ މީހާ މަރުވެއްޖެ

ގދ. ގައްދޫ -- ފައިލް ފޮޓޯ

ގދ. ގައްދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ބޮޑެތި ޒަޚަމްތަކެއް ލިބުނު އުމުރުން ދުވަސްވީ މީހާ މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އެރަށު ހަނދުވަރީގޭ މުހައްމަދު ޒާހިރު، 80 އެވެ.

ޒާހިރު މަރުވެފައިވަނީ ލިބު ޒަހަމްތަކަށް ފަރުވާ ދިނުމަށް ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އެންމެ ފުރަތަމަ ޒާހިރަށް ފަރުވާ ދީފައިވަނީ ގައްދޫ ސިއްހީ މަރުކަޒުންނެވެ. ގައްދޫ ސިއްހީ މަރުކަޒުން ބުނީ ޒާހިރުގެ އެކި ގައިގެ އެކި ތަންތަނަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި ބޯވެސް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ވަނީ ބުނެފަ އެވެ.

ގައްދޫ ކައުންސިލުގެ ރައީސް ރައްޔާން ޖަމާލް 'ސަން' އަށް ވިދާޅުވީ އެކްސިޑެންޓް ހިނގީ ދެ ޒުވާނަކު ދުއްވާފައި ދިޔަ ސައިކަލެއް ޒާހިރު މަގު ހުރަސް ކުރަނިކޮށް ޖެހިގެން ކަމަށެވެ.

އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެމީހުންނަށްވެސް ވަނީ އަނިޔާވެފަ އެވެ.

comment ކޮމެންޓް