ބްރޮޑްކޮމްގެ މެންބަރުކަމަށް އަމްޖަދު އައްޔަނުކޮށް ނައިބު ރައީސަކަށް ސޮފްވާން

ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ހަތް މެމްބަރުން -- ފޮޓޯ/ ބްރޯޑްކޮމް

ބްރޮޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ގއ. ވިލިނގިލި، ވިލާޑިސޯސަން އަމްޖަދު ވަހީދު އައްޔަނުކުރައްވައިފިއެވެ.

އެ މަގާމަށް މެންބަރަކު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެ މަގާމަށް އަމްޖަދު އައްޔަނު ކުރަން ފެންނަ ކަމަށް 36 މެންބަރުން ވޯޓު ދެއްވިއެވެ. އެ މަގާމަށް އަމްޖަދު އައްޔަނު ކުރެވުނީ މުޙައްމަދު އަސްލަމްގެ މަޤާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

މީގެ އިތުރުން ބްރޮޑްކޮމްގެ ނައިބު ރައީސްކަމަށް އެ ކޮމިޝަންގެ މެންބަރު އިސްމާއިލް ސަފްވާން ވަނީ އިންތިޚާބުކޮށްފައެވެ.

އެކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމުގައި ކުރިން ހުންނެވި އަސްލަމްގެ މެމްބަރު ކަމުގެ ދައުރު މިމަހުގެ 13 ގައި ހަމަވުމުން އެ މަޤާމަށް ސަފްވާން އިންތިހާބުކުރީ އެ ކަމަށްޓަކައި މިއަދު ބޭއްވި ބައްދަލުވުމުގައި، ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުން ކަމަށް ބްރޮޑް ކޮމް އިން ބުންޏެވެ.

ބްރޮޑްކާސްޓިން ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވީ މުހައްމަދު ޝަހީބެވެ. އަސްލަމް އާއި އަމްޖަދުގެ އިތުރުން ދެން އެ ކޮމިޝަނުގައި ތިއްބަވަނީ ޒީނާ ޒާހިރާއި ހަސަން ނަބާހު، ސަރާހަތު އިއްޒަތު އަދި ފާތިމަތު ޒައިނާ އެވެ.

comment ކޮމެންޓް