އައިފޯނުގެ ބެޓެރީ ބަދަލުކުރަން ތިން އޮޕްޝަނެއް

ސްޕެޝަލް އެޑިޝަން އައިފޯން 7 އާއި 7 ޕްލަސް --

އައިފޯނުގެ ބެޓެރީގެ ވާހަކަ އަކީ އައިފޯނު ބޭނުންކުރާ މީހުންގެ ބޮލުގެ ރިހުމަކަށް ވެފައިވާ ވާހަކައެކެވެ. ފޯނުގެ ބެޓެރީ މާ އަވަހަށް ހުސްވުމާއި ފޯނު ސްލޯވުމުގެ މައްސަލައަށް އެޕަލް އިން ހައްލުހޯދާދީފައިވާއިރު މިހާރު ގެންގުޅޭ ފޯނު ދޫކޮށްނުލައި މިކަމަށް ހައްލު ލިބޭނެއެވެ. ކުރަންޖެހޭ ކަމަކީ ބެޓެރީ ބަދަލުކުރުމެވެ.

އައިފޯނުގެ ބެޓެރީ ބަދަލުކުރުމަށް އެޕަލްއިން ވަނީ ތިން އޮޕްޝަނެއް ދީފައެވެ. އެއީ އެޕަލް އަށް ފޮނުވައިގެން ބެޓެރީ ބަދަލުކުރުމާއި، ތާޑް ޕާޓީ ޕްރޮފެޝަނަލް އެއް ލައްވައި ބެޓެރީ ބަދަލުކުުރުން ނޫނީ އަމިއްލައަށް އެކަން ކުުރުމެވެ.

އެޕަލް އަށް ފޮނުވައިގެން ބެޓެރީ ބަދަލުކުރާނަމަ އެކަމަށް ޑިސްކައުންޓެއް ދޭން އެޕަލް އިން ވަނީ ނިންމައިފައެވެ. އެއީ ފޯނަށް ދިމާވާ މައްސަލައަކީ އެމީހުންގެ އިހުމާލުން ވާ ކަމެއްކަމަށް ގަބޫލުކޮށްފައެވެ. ފޯނުގައި ވޮރަންޓީ އޮތްނަމަ އެއްވެސް އެއްޗެއް ޗާޖެއް ނުކުރާނެއެވެ. އެޕަލްގެ އޮތޮރައިޒްޑް ސާވިސް ސްޓޯރަކަށް ފޮނުވައިގެން ނޫނީ ސީދާ އެޕަލްއަށް ފޮނުވައިގެންވެސް ބެޓެރީ ބަދަލުކުރެވޭނެއެވެ. ވޮރެންޓީ ނެތްނަމަ ޗާޖުކުރާނީ 79 ޑޮލަރެވެ.

ތާޑް ޕާޓީ ޕްރޮފެޝަނަލް އެއް ކައިރިއަށް ގޮސްގެން ބެޓެރީ ބަދަލުކުރާނަމަ އެޕަލް އަށް ފޮނުވައިގެން ކުރުމަށްވުރެ އަވަސްވާނެއެވެ. ނަމަވެސް ހަނދާން ކުރަންޖެހޭ ކަމަކީ ފޯނަކީ ވޮރެންޓީއެއް އޮތް ފޯނެއް ނަމަވެސް އަން އޮތަރައިޒްޑް ސާވިސް ޕްރޮވައިޑާއެއް ލައްވައި ބެޓެރީ ބަދަލުކޮށްގެން ލިބޭ އެއްވެސް ގެއްލުމަކަށް އެޕަލް އިން ޒިންމާއެއް ނުނަގާނެއެވެ.

އަމިއްލަ އަށް ބެޓެރީ ބަދަލުކުރުމަކީވެސް އައިފޯނު ޔޫޒަރުންނަށް އޮތް އޮޕްޝަންއެކެވެ. ބެޓެރީ ބަދަލުކުރަން ބޭނުންވާ ކިޓް އޮންލައިންކޮށް ލިބޭނެއެވެ. ޔޫޓިއުބުގައި ވީޑިއޯ ހުންނާނެއެވެ. އަމިއްލައަށް ޖެހޭނީ ބަލައިގެން ދަސްކުރާށެވެ.

ސީއެންއެން

comment ކޮމެންޓް