ވަން ރިޕަބްލިކް އޭޕްރިލް މަހު އިންޑިއާ އަށް!

އެމެރިކާގެ ރޮކް-ޕޮޕް ބޭންޑް ވަން ރިޕަބްލިކް، އަންނަ އޭޕްރީލް މަހު އިންޑިއާގެ މުމްބާއީގައި ޝޯ ދިނުމަށް ހަމަޖެހިއްޖެއެވެ.

އަންނަ މަހު އިންޑިއާގައި ޝޯ ދިނުމަށް ހަމަޖެހިފައިވާކަން ހާމަކުރީ، އެ ބޭންޑުގެ އޮފިޝަލް ޓުވިޓާ ހޭންޑްލް އިން އިއްޔެ ކުރި ޓުވީޓެއްގައެވެ.

ބޭންޑު ޝޯ ދިނުމަށް ހަމެޖެހިފައި ވަނީ މުމްބާއީގައެވެ. ނަމަވެސް ޝޯ ދިނުމަށް ހަމަޖެހިފައިވާ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. ބޭންޑުގެ ޓުވީޓުގައި ބުނެފައި ވަނީ ޝޯ ބާއްވާނެ ތަނަކާއި، ތާރީޚު އަދި ޓިކެޓާ ގުޅޭ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

ވަން ރިޕަބްލިކް އިން އިންޑިއާއަށް ދަތުރެއް ކުރަން ނިންމާފައި ވާއިރު، ކޯލްޑްޕްލޭ، އެޑް ޝީރަން އަދި ޖަސްޓިން ބީބާ ވެސް ވަނީ އިންޑިއާގައި ކާމިޔާބު ޝޯތަކެއް ދީފައެވެ.

'ޑްރީމިން އައުޓް ލައުޑް' އަދި 'ވޭކިން އަޕް' ފަދަ އަލްބަމް ތަކުން މަޝްހޫރުކަން ހޯދި ބޭންޑް އުފެދުނީ 2002 ވަނަ އަހަރު އެވެ. ބޭންޑުގެ ފައުންޑިން މެމްބަރުންނަކީ ލީޑް ގިޓަރިސްޓް ޒެކް ފިލްކިންސް އަދި ލީޑް ވޯކަލިސްޓް ރަޔާން ޓެޑާ އެވެ.

މީހުންގެ ސަމާލުކަމަށް ބޭންޑް އައިސްފައި ވަނީ ފުރަތަމަ ސޯޝަލް ނެޓްވޯކިން ސައިޓް، މައިސްޕޭސް މެދުވެރިކޮށެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ބޭންޑުން އެންމެ ފަހުން ލަވައެއް ރިލީޒް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެއީ "ރިޗް ލަވް" އެވެ.

comment ކޮމެންޓް