މަސްދޯންޏެއްގައި ހުރި މީހަކު ކުއްލިއަކަށް ބަލިވެގެން އެމްއެންޑީއެފް އިން އެހީވެދީފި

ކޯސްޓުގާޑުގެ އުޅަނދެއް --- ފޮޓޯ/ އެމްއެންޑީއެފް

މަސްވެރިކަން ކުރަމުން ދިޔަ ދޯންޏެއްގައި ހުރި މީހެއް ކުއްލިއަކަށް ބަލިވެގެން އެ މީހާއަށް އެންއެންޑީއެފް އިން އެހީވެދީފިއެވެ.

އެންއެންޑީއެފް އިން ބުނީ "އަސްދަނޑި" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި މީހަކު ކުއްލިގޮތަކަށް ބަލިވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން އެހީތެރިކަން ދީފައިވާކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިއާއަށް ލިބިފައިވަނީ މިއަދު ހެނދުނު 9:20 ހާއިރު ކަމަށާއި ހާދިސާގެ ރިޕޯޓް ލިބުމާއި އެކު އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޯސްޓްގާޑްގެ އެހީތެރިކަމާއި އެކު ބ.އަތޮޅު ސީ އެމްބިއުލާންސް މި ދޯނި އޮތް ސަރަހަށްދަށް ފޮނުވާފައިވާނެ ކަމަށް އެމްއެންދީއެފް އިން ބުނެއެވެ.

ބަލިމީހާއަކީ އެ ދޯނީގައި މަސްވެރިކަން ކުރަމުންދިޔަ 53 އަހަރުގެ މީހެއް ކަމަށާއި އެ މީހާ މަސްދޯނިން ސީއެމްބިއުލާންސް އަށް ބަދަލުކޮށްފައިވަނީ ރ. މަޑުއްވަރީ އާއި 13 މޭލު ބޭރުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އޭނާ އަށް ފަރުވާދިނުމަށް މިއަދު ހެނދުނު 10:50 ރ. އުނގޫފާރު ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

comment ކޮމެންޓް