ބޮލީވުޑް އެކްޓަރު ނަރެންދްރަ ޖާ މަރުވެއްޖެ

މި އަހަރަކީ ބޮލީވުޑަށް ހިތާމަވެެރި އަހަރެކެވެ. ބޮލީވުޑްގެ ދެ ފަންނާނުން މިއަހަރުގެ މިހާތަނަށް ވަނީ ދުނިޔެ ދޫކޮށްފައެވެ.

ރައީސް، ހައިދަރް އަދި ކާބިލް ފަދަ ފިލްމުތަކުގައި މުހިއްމު ރޯލުތައް އަދާކޮށްފައިވާ ނަރެންދްރަ ޖާ މިއަދު ވަނީ މަރުވެފައެވެ. ނަރެންދްރަ ޖާ މަރުވީ ރޭ ފަތިހު ހާޓް އެޓޭކެއް ޖެހިގެން ކަމަށް އާއިލާ އިން ބުނެއެވެ.

އުމުރުން 55 އަހަރުގެ ނަރެންދްރަ އަށް މިދިޔަ ހަފްތާ ވަނީ މައިނާ އެޓޭކެއް ޖެހިފައެވެ. އޭނާ މަރުވި އިރު އެކަމަށް ފަރުވާ ހޯދަމުން ދިޔައީ މުމްބާއީގެ ހޮސްޕިޓަލަކުންނެވެ.

ނަރެންދްރަ ޖާ އަކީ ސެންޓްރަލް ބޯޑް އޮފް ފިލްމް ސާޓިފިކޭޝަންގެ ސީއީއޯގެ މަގާމުވެސް އަދާކޮށްފައިވާ މީހެކެވެ. ނަރެންދްރަ ވަނީ ޓީވީ ސީރިއަލް ތަކުގައިވެސް މަސައްކަތް ކޮށްފައެވެ. އޭކް ގަރް ބަނާއޫންގާ، ސުޕަކޮޕްސް ވާސަސް ސުޕަވިލަންސް ފަދަ ސީރިއަލްތަކުގައިވެސް އޭނާ މަސައްކަތްކުރިއެވެ.

އޭނާ ވަނީ މޮހެންޖަ ދާރޯ، ފޯސް2، ހަމާރީ އަދޫރީ ކަހާނީ ފަދަ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައެވެ.

ބޮލީވުޑުގެ ފުރަތަމަ އަންހެން ސުޕަސްޓާރު ސްރީ ދޭވީ ވެސް ވަނީ މިއަހަރުގެ ފެބްރުއަރީ 24ގައި މަރުވެފައެވެ.

comment ކޮމެންޓް