އިސްތަށި ފޭބުން ދުރުކޮށްދިނުމަށް ރަނގަޅު ކާނާ މުހިންމު

އިސްތަށިގަނޑު ދިގުކޮށް އިސްތަށި ފޭބުމުން ދުރުކޮށްދިނުމަށް ރަނގަޅު ކާނާ މުހިއްމު

ބޮލުން އިސްތަށި ފޭބުމަކީ ގިނަ ބަޔަކަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. އިސްތަށި ފޭބުމާ އެކު ބައެއް ފަހަރު އަވަހަށް އިސްތަށިގަނޑު ދިގު ނުވުމަކީ ވެސް ގިނަ ބައެއްގެ ޝަކުވާ އެކެވެ.

ބޭނުންކުރާ ބޭހަކުން ނުވަތަ ސިއްހަތަށް ގެއްލުންވާ ފަދަ ކާނާ ކެއުމުން ވެސް އެ ފަދަ ކަންތައްތަކާ ކުރިމަތިލާން ޖެހެ އެވެ.

އިސްތަށި ފޭބުން ހުއްޓުވުމަށް ތަފާތު ވައްތަރުގެ ޝޭމްޕޫ އާ ޓްރީމަންޓް ބޭނުން ކުރުމަކީ މިއަދު ގިނަ ބައެއްގެ އާދައެކެވެ. އިސްތަށިގަނޑު ދިގު ކުރުމަށް ތަފާތު ވައްތަރުގެ ބޭސްތައް އިސްތަށިގަނޑުގައި އުނގުޅާ ހަދަ އެވެ.

ބޮލުން އިސްތަށި ފޭބުން ހުއްޓުވުން، އިސްތަށިގަނޑު އަވަހަށް ދިގުކޮށްދިނުމަށް އެހީތެރިވެދޭ ކާނާ!

އަލްމަންޑްސް

ވިޓަމިންސް އީ ހިމެނޭ އަލްމަންޑްސް އަކީ އިސްތަށިގަނޑު އަވަހަށް ދިގުކޮށްދިނުމަށް އެހީތެރިވެދޭ ކާނާ އެކެވެ. އަލްމަންޑްގައި ހިމެނޭ ވިޓަމިންސްގެ ސަބަބުން އިސްތަށިގަނޑުގައި ހުންނަ ޓީޝޫތަކަށް ފަރުވާ ލިބި އިސްތަށި ފޭބުން ހުއްޓުވުމަށް އެހީތެރިވެދެ އެވެ.

ވޯލްނަޓްސް

އޮމެގާ ހައެއް ގިނަ އަދަދަކަށް އެކުލެވިގެންވާ ވޯލްނަޓްސް އަކީ އިސްތަށިގަނޑު ވަރުގަދަކޮށް ބެހެއްޓުމަށް އެހީތެރިކޮށްދޭ ވަރަށް މުހިއްމު އެއްޗެކެވެ. ވިޓަމިން އީ އަދި ބީގެ އިތުރުން ޕްރޮޓީންސް ހިމެނޭ ވޯލްނަޓްސް އަކީ އެކަމަށް އޮތް ހައްލެކެވެ. މާ ގިނައިން ވޯލްނަޓްސް ބޭނުން ކުރުމަކީ އިސްތަށި ފައިބާ ކަމަކަށްވީ ނަމަވެސް އާދަކޮށް މަދު މިންވަރަކަށް ބޭނުންކުރާށެވެ.

އޯޓްސް

އޯޓްސް އަކީ ގިނަ އަދަކަށް އޮމެގާ 6 އެކުލެވޭ ކާނާ އެކެވެ. އިސްތަށިގަނޑު އޮމާންކޮށްދީ އަވަހަށް އިސްތަށިގަނޑު ދިގު ކުރުމަށް އޯޓްސް އެހީތެރިވެދެ އެވެ.

ސްވީޓް ޕޮޓޭޓޯ

އިސްތަށިގަނޑު ތަލަވުމުން ދުރުކޮށް، އިސްތަށި ފޭބުމުން ދުރުކޮށްދޭ ސްވީޓް ޕޮޓޭޓޯ އަކީ ގިނަ އަދަދަކަށް ވިޓަމިން އޭ މާއްދާ އެކުލެވިގެންވާ ކާނާ އެކެވެ. އިސްތަށިގަނޑު އޮފް ކަން މަތީ ބެހެއްޓުމަށް ވެސް ސްވީޓް ޕޮޓޭޓޯ އެހީތެރިވެދެ އެވެ.

މަސްދަރު: ހިންދުސްތާންޓައިމްސް/ ފިޓްނަސް

comment ކޮމެންޓް