Sun Online
މ. މުލީ ފުޓުބޯޅަ ޓީމު --- ފޮޓޯ/ މީސް މީޑިއާ
މ. މުލީ ފުޓުބޯޅަ ޓީމު --- ފޮޓޯ/ މީސް މީޑިއާ

ތިންވަނަ މެޗުވެސް ކާމިޔާބުކޮށް މުލި ފައިނަލަށް

މުޙައްމަދު ޝަމްޢޫން
ލިޔުނީމުޙައްމަދު ޝަމްޢޫން

މ. އަތޮޅު ބުރުގައި ކުޅުނު ތިންވަނަ މެޗުވެސް ކާމިޔާބުކޮށް، މުލި އަތޮޅު ބުރުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި މ. އަތޮޅު ބުރުގައި ވާދަކުރަނީ ހަތަރު ޓީމެވެ. އެއީ މުލި، ވޭވަށް އަދި މުލަކާއި މަޑުއްވަރިއެވެ. މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް މަޑުއްވަރި ބަލިވެފައިވާއިރު އެޓީމުވަނީ ކަޓައިފައެވެ. އަދި ކުޅުނު ތިން މެޗުންވެސް މޮޅުވެ މުލިންވަނީ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލް ޔަގީންކޮށްފައެވެ. މ. އަތޮޅު ބުރުގައި ދެން ފައިނަލް ކުޅޭނެ ޓީމެއް ކަނޑައެޅޭނީ މުލަކާއި ވޭވަށް ވާދަކުރާ މެޗުންނެވެ.

މ. މުލީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މަޑުއްވަރީ އަތުން މުލި މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ފުރަތަމަ ލީޑު ނަގައިފައިވަނީ މަޑުއްވަރިންނެވެ. އެޓީމަށް ގޯލް ޖަހައިދިނީ މިގުދާދު ސައީދެވެ.

ދެވަނަ ހާފަށް ނުކުމެ މުލިންވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 65 ވަނަ މިނެޓުގައި ހަސަން ޖައިލަމްގެ ގޯލުން މުލި ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މުލިން ފަހަތުންއަރައި ލީޑު ނެގީ 82 ވަނަ މިނެޓުގައި މުހައްމަދު ފަޒީލެވެ.

infinity loading...
×
DB released 01.