ލަންކާގެ ނުރައްކާތެރި އަންޑަވޯލްޑް ގޭންގު ލީޑަރަކު ހައްޔަރުކޮށްފި

ސްރީލަންކާ އާމީގެ ދެ އޮފިސަރަކު ސައިކަލެއްގައި ---

ކޮލަމްބޯ (ނިއުސްފަސްޓް1): ބޮޑެތި އެތައް ކުށެއްގެ ތުހުމަތުގައި ހޯދަމުން ދިޔަ ލަންކާގެ މަޝްހޫރު އަންޑަވޯލްޑް ގޭންގު ލީޑަރު ހައްޔަރު ކޮށްފި އެވެ.

އުމުރުން 24 އަހަރުގެ ޕްރަބަތް މަދުސަންކަރު ނުވަތަ މަޝްހޫރު ނަމުން ނަމަ ބަރަލް ސަންކާ ހައްޔަރުކުރީ ލަންކާގެ ހުޅަނގުގައި ޕްރޮވިންސްގައި އޮންނަ ޕެލިޔަގޮޑާ ނަމަކަށް ކިޔާ ސިޓީއެއްގައި އެގައުމު ފުލުހުންގެ ސްޕެޝަލް ޓާސްކް ފޯސް އިން ރޭ ހިންގި އޮޕަރޭޝަނެއްގަ އެވެ.

ސްޕެޝަލް ޓާސްކް ފޯސްއާ ހަވާލާދީ ލަންކާގެ ޑެއިލާ މިރާ ނޫހުން ބުނީ، ބަރަލް ސަންކާ އަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ބިރު ދައްކައިގެން ނުވަތަ ގަދަބާރުން ފައިސާ އާއި ތަކެތި ފޭރުމާއި މީހުން މެރުން ފަދަ ބޮޑެތި ކުށްތަކެއްގައި ހޯދަމުން ދިޔަ ކުށްވެރިއެއް ކަމަށެވެ.

ލަންކާގެ މީޑިއާތައް ބުނާ ގޮތުން، ބަރަލް ސަންކާ މިހާރު ވަނީ އިތުރު ތަހުގީގަށް ލަންކާގެ ހުޅަނގު ޕްރޮވިންސްގައި އޮންނަ ވައްތަލަ ނަމަކަށް ކިޔާ ސިޓީއެއްގެ ފުލުހުންނާ ހަވާލު ކޮށްފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި އޭނާ ކޯޓަށް ހާޒިރު ކުރާނެ ކަމަށް މަސްދަރުތައް ބުނެ އެވެ.

ލަންކާގެ ސްޕެޝަލް ޓާސްކް ފޯސް އިން އެގައުމުގެ މަޝްހޫރު އަންޑަވޯލްޑް ގޭންގު ލީޑަރަކު ހައްޔަރު ކޮށްފައިވާ އިރު، ދާދިފަހުން ހިންގި ރެއިޑެއްގައި ވެސް އަންޑަވޯލްޑް ދެ ގޭންގު މެމްބަރުން ވަނީ އަތުލައިގަތްފަ އެވެ.

އެ ދެމީހުންނަކީ ވެސް ލަންކާގެ ނުރައްކާތެރި ގޭންގު ލީޑަރެއް ކަމަށްވާ މަކަންދުރު މަޑުޝްގެ ވަރަށް އަރިސް ދެ މީހުން ކަމަށްވެ އެވެ.

comment ކޮމެންޓް