Sun Online
ގދ މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލާ ކޯޒްވޭގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ: މިނިސްޓަރު މުއިއްޒު
ގދ މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލާ ކޯޒްވޭގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ: މިނިސްޓަރު މުއިއްޒު

މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ ޖޫން މަހު ބޭނުންކުރަން ފަށާނެ

އައިޝަތު ފަރީޙާ
ލިޔުނީއައިޝަތު ފަރީޙާ

ގދ. މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލާ ކޯޒްވޭގެ މަސައްކަތް އަންނަ ޖޫންމަހުގެ ތެރޭ ނިމި ބޭނުންކުރަން ފަށާނެކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ އާއި ހަވާލުކޮށްގެން ދެރަށް ގުޅާލުމުގެ މަސައްކަތް ފެށީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. ދައުލަތުގެ ބަޖެޓުން 29 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން 440 މީޓަރުދިގު އަދި ފުޅާ މިނުގައި ހަތް މީޓަރު ހުންނަ ކޯޒްވޭ އެއް ހަދާނެއެވެ.

އަދި ކޯޒްވޭގެ އަޑިން ފެން ދައުރުކުރުމަށް ކޮންކްރީޓު ކަލްވާޓުތަކެއް ވެސް ހުންނާނެ އެވެ.

މި މަސައްކަތުގެ ތެރެއިން މަޑަވެލީގެ 3.5 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ.

މިނިސްޓަރު މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯޒްވޭ އަޅަން ބިން ހިއްކައި ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ކަލްވާޓުތައް ހަދައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަަމަށެވެ.

infinity loading...
×
DB released 01.