ވާވޭގެ ޕީ20 ސީރީޒްގައި ރީތި ކުލަތަކެއް ހިމަނާނެ

ޓްރިޕްލް ލެންސް ހިމެނޭ، ވާވޭ ޕީ20 ފޯނުގެ ވާހަކަ އާއެކު މި ފޯނަށް އިންތިޒާރު ކުރާ މީހުންގެ ލިސްޓު ވަނީ ވަރަށް ދިގުވެފައެވެ.

ޕީ20 ގެ ތިން މޮޑެލްއެއް ނެރޭނެއެވެ. އެއީ ޕީ20، ޕީ20 ލައިޓް އަދި ޕީ20 ޕްލަސް އެވެ.

ފޯނުތައް ގިނަ ކުލަތަކަކުން ލިބެން ހުންނާނެ ކަމަށް މީގެ ކުރިންވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ޕީ 20 އަދި ޕީ20 ޕްލަސް ސެރެމިކް ބްލެކް އަދި ޓްވައިލައިޓް ކުލައިން ލިބެން ހުންނާނެ ކަމަށާއި، ޕީ20 ކްލެއިން ބްލޫ، މިޑްނައިޓް ބްލެކް އަދި ސަކޫރާ ޕިންކް އިން ލިބެން ހުންނާނެކަމަށް ކުރީގެ ރިޕޯޓުތައް ބުނެފައިވެއެވެ.

އާ ހަބަރުތައް ބުނާގޮތުން ވާވޭގެ ޕީ20 ސީރީޒްގައި ނޫކުލަ އާއި ދަނބު ކުލަ އެކުގައި އެކުލެވޭ ފޯނެއް ހިމެނެނެއެވެ.

ވާވޭގެ އާ ފޯނުތައް މިމަހުގެ ތެރޭ އިއުލާނުކޮށް ދައްކާލާނެ ކަމަށް ބެލެވެއެވެ.

ޕީ 20 ޕްލަސްގައި 40 މެގަ ޕިކްސެލްގެ ޓްރިޕްލް ލެންސް ކެމެރާ އަދި ޕީ 20 ލައިޓް އާއި ޕީ20 ގައި ޑުއަލް ކެމެރާ ހިމެނޭނެއެވެ. ޕީ20 ޕްލަސްގެ ފްރަންޓް ކެމެރާއަކީ 24 މެގަ ޕިކްސެލްގެ ކެމެރާ އެކެވެ.

comment ކޮމެންޓް