ނަފްސާނީ ބަލިތަކަށް ފަރުވާދޭ ފަރާތްތަކަށް ޚާއްސަ ޕްރޮގްރާމެއް އެޗްޑީސީން ކުރިއަށްގެންގޮސްފި

އެޗްޑީސީއާއި ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސް އަދި ސޮސައިޓީ ފޯ އެވެއާނެސް ފޯސްޓަރިން އެންލައިޓްމެންޓް (ސޭފް) ގުޅިގެން މައިންޑްފުލް ޕާފޯމަންސް ސްކިލް ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މެންޓަލް ހެލްތް ނުވަތަ ނަފްސާނީ ބަލިތަކަށް ފަރުވާދެއްވާ 25 ފަރާތަކުން ބައިވެރިވެލެއްވިއެވެ.

ހުޅުމާލޭ ފަހިވެނި ކޮމިއުނީ ސެންޓަރުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ މަގްސަދަކީ މިދަފަ ފަރާތްތަކުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ޓްރެއިނިން ދިނުމެވެ.

ޕްރެޒެންޓޭޝަން ތަކާއި އެކި އެކްޓިވިޓީސްތައް ހިމަނައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ އެހީގައި ޓީމެއް ގޮވައިގެން މަސައްކަތް ކުރުމަށްވެސް ވަނީ ޓްރެއިނިން ދީފައެވެ.

ޕްރޮގްރާމުގެ ފެސިލިޓޭޓަރުން ހަމަޖައްސާފައިވަނީ ސޭފްގެ ފަރާތުންނެވެ. ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކަށް ވަނީ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ހަނދާނީ ލިޔުން ދީފައެވެ.

comment ކޮމެންޓް