ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރާއިން އެއްވަނަ ހޯދި ކަލާފާންގެ ދަރިވަރުން، ބެނާ އެއް ހިފަހައްޓައިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވާހަކަ ދެއްކުމުގެ 33 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިވެހި ބަހުގެ އެކެޑެމީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނީ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 33ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 26 ގެ ނިޔަލަށް ހުޅުވާލާކަމަށެވެ.

މިި މުބާރާތުގައި ހަތަރު ބަޔަކުން ބައިވެރިންނަށް ވަދަ ކުރެވޭނެއެވެ. އެއީ ސްކޫލު ކުދިންގެ ބައި، މަތީ ތައުލީމުގެ ބައި، އަމިއްލަ ފަރާތްތަކުގެ ބައި އަދި އޮފީސް، ކުންފުނި، ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ބައެވެ.

މި މުބާރާތް އަންނަ މަހުގެ އަށްވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ ކަމަށް އެކެޑެމީ އިން ބުނެއެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުން މިމަހުގެ 26 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި ކުޅަދާނަ ދަރީންތަކެއް އުފެއްދުމާއި ތަފާތު މައިދާންތަކުގައި ދިވެހިބަހުން ފަސޭހަކާމާ އެކު ވާހަކަދެއްކުމުގެ ހުނަރާއި ގާބިލިއްޔަތު ހުރި ވާހަކަދެންކުންތެރީން އުފެންދުމަށް ބާއްވަމުން އަންނަ ވާހަކަދެއްކުމުގެ ގައުމީ މުބާރާތަކީ 1985 އިން ފެށިގެން މިއަދާ ހަމައަށް ގައުމީ ފެންވަރުގައި މެދު ނުކެނޑި ބާއްވަމުން އަންނަ މުބާރާތެކެވެ.

ވާހަކަދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތުގެ އެއް ވަނަ ހޯދާފައިވަނީ ކަލާފާން ސްކޫލް، އަރަބިއްޔާ ސްކޫލް، ސީއެޗްއެސްއީ އަދި ގައުމީ ޔުނިވާސިޓީއިންނެވެ.

comment ކޮމެންޓް