ބަންގުލަދޭޝްގެ ބޯޓެއް ކަތުމަންޑޫ އެއާޕޯޓަށް ވެއްޓިއްޖެ

ކަތުމަންޑޫ އެއާޕޯޓަށް ވެއްޓުނު ޔޫއެސް ބަންގްލާ އެއާލައިނުގެ ބޯޓު -- ފޮޓޯ/ ސަރޯޖް ބަސްނަތު--ޖަނަތާ ޕޯސްޓް

ކަތަމަންޑޫ (މާޗް 12): ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ޓްރިބުވަން އިންޓަނޭޝަަލް އެއާޕޯޓު (ޓީއައިއޭ) އަށް ޖައްސަން ދިޔަ ބަންގުލަދޭޝްގެ ޔޫއެސް-ބަންގްލާ އެއާލައިނުގެ ބޯޓެއް، އެ އެއާޕޯޓަށް ވެއްޓިއްޖެއެވެ.

ޓީއައިއޭގެ ތަރުޖަމާނު ޕްރޭމް ނާތު ތާކޫރު ވިދާޅުވި ގޮތުގައި އެހާދިސާގައި ބޯޓު ރަންވޭ މަތިން ކަހާލައިގެން ގޮސް، އެއާޕޯޓުގެ ކައިރީގައި އޮތް ފުޓުބޯޅަ ދަނޑަކަށް ވެއްޓުނީއެވެ. އަދި ބޯޓުގައި ރޯވެ، 17 ފަސިންޖަރުންނަށް އަނިޔާވި ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ކަތުމަންޑޫ އެއާޕޯޓަށް ވެއްޓުނު ޔޫއެސް ބަންގްލާ އެއާލައިނުގެ ބޯޓު -- ފޮޓޯ/ ސަރޯޖް ބަސްނަތު--ޖަނަތާ ޕޯސްޓް

ނޭޕާލްގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީގައިވާ ގޮތުން ބޯޓުގައި ތިބީ 67 މީހުންނެވެ.

ޓީއައިއޭއިން ލަފާ ކުރާ ގޮތުގައި ބޯޓު ވެއްޓުނީ ޓެކްނިކަލް މައްސަލަތަކުގެ ސަބަބުންނެވެ.

ނޭޕާލްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް ސަންޖީވް ގޯތަމް ވިދާޅުވީ، އެ ބޯޓު ޖެއްސުމަށް އެންގީ އެއާޕޯޓުގެ ރަންވޭގެ ދެކުނު ފަރާތުން ކަމަށެވެ. އެހެން ނަމަވެސް ބޯޓު ރަންވޭއާ ގާތްކުރީ އުތުރު ފަޅިން ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް