ދޮގު ހަބަރު ދައުރުވާމިންވަރު އަވަސް: ދިރާސާ

ދޮގު ހަބަރު ދައުރުވާމިންވަރު، ހަގީގަތް އެކުލެވޭ ހަބަރު ފެތުރޭ މިންވަރާ އަޅާ ބަލާ އިރު އަވަސްކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

ޓްވިޓާ މެދުވެރިކޮށް މަސަޗޫސަސް އިސްޓިޓިއުޓް އޮފް ޓެކްނޮލަޖީ އިން ކުރިއަށް ގެންދިޔަ ދިރާސާގައި ބުނާ ގޮތުން ޓްވިޓާ ފަދަ ސޯޝަލް މީޑިއާ ވިއުގަތަކުގައި ދޮގު ހަބަރު ދައުރުވާ މިންވަރު އަވަސް ކަމަށާއި ބޮޓްސް އަށް ވުރެ ގިނައިން، މީހުން ގެންގުޅޭ އެކައުންޓްތަކުން އެފަދަ ވާހަކަތައް ރީ ޓްވީޓުކޮށް ދައުރުކުރާ މިންވަރު އަވަސް ކަމަށެވެ.

އެންގެ ގިނައިން ދައުރުވަނީ އަދި އެންމެ އަހަށް ދައުރުވަނީ ވެސް ސިޔާސީ ދޮގު ވާހަކަތައް ކަމަށް އެ ދިރާސާ އިން ދައްކަ އެވެ.

މީގެ އިތުރުން ޓެރަރިޒަމް، ސައިންސް، މުނިފޫހިފިލުވުން އަދި ގުދުރަތީ ކާރިސާތަކާ ގުޅޭ ދިގު ހަބަރުތައް ވެސް ދައުރުވާ މިންވަރު އަވަސް ކަމަށް ދިރާސާ އިން ދައްކަ އެވެ.

އެ ދިރާސާގައި ބުނާ ގޮތުން ތެދު ހަބަރު ނުވަތަ ހަގީގަތް އެކުލެވޭ ހަބަރަށް ވުރެ ދޮގު ހަބަރު ފެތުރޭ މިންވަރު 70 ޕަސެންޓް އަވަހެވެ. ތެދު ހަބަރު މީހުންނާ ހަމައަށް ފޯރުވޭ މިންވަރު ދޮގުހަބަރު ލިބޭ މިންވަރަށް ވުރެ ލަސް ކަމަށާއި ތެދު ހަބަރަށް ވުރެ ގިނައިން މީހުންނާއި ހަމައަށް ފޯރަނީ ދޮގު ހަބަރުކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ.

comment ކޮމެންޓް