އައްޑޫ އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލާގައި ކާރު ޑްރައިވަރު ހައްޔަރުކޮށްފި

އައްޑޫގައި ރޭ ހިނގި އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި: އެކްސިޑެންޓުވި ސައިކަލް ދުއްވަން އިން މީހާ ވަނީ މަރުވެފައި --- ފޮޓޯ/ މީސް މީޑިއާ

އައްޑޫ ސިޓީގެ ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވި މައްސަލައާ ގުޅިގެން އެކްސިޑެންޓްވި ކާރު ދުއްވި މީހާ ހައްޔަރުކޮށްފިއެވެ.

އެ އެކްސިޑެންޓުގައި ޒަޚަމްވި ސ. ހިތަދޫ ނޫމުގުމާގޭ މުހައްމަދު ރަމްޝް ރިޔާޒް ރޭ 7:05 އެހައިކަންހާއިރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ.

އޭނާގެ ހަށިގަނޑުގެ ބައެއް ބައިތައް ވަނީ ޗިސްޗިސްވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. "ސަން" އަށް އެނގިފައިވާގޮތުގައި އެއީ އެކްސިޑެންޓުވި ކާރު ދުއްވި މީހާއެވެ.

އޭނާގެ ބަންދަށް އައްޑޫ ސިޓީ މަރަދޫ ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

comment ކޮމެންޓް