ކުއްލި ނުރައްކަލުގެ ދަށުން އިތުރު މީހަކު ހައްޔަރުކޮށްފި

އެމްޑީޕީ ތޮއްޑޫ ދާއިރާގެ ރައީސް ހަސަން ޝިޔާން --- ފޮޓޯ: ޓްވިޓާ

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

އިދިކޮޅު އެމްޑީޕީ އިން ބުނީ އެޕާޓީގެ ތޮއްޑޫ ދާއިރާގެ ރައީސް ހަސަން ޝިޔާން ހައްޔަރުކޮށްފައިވާ ކަމަށާއި އޭނަ ހައްޔަރު ކުރީ ސްޓޭޓް އޮފް އެމަޖެންސީ (އެސްއޯއީ)ގެ ދަށުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

އެސްއޯއީގެ ދަށުން ކަމަށް ބުނެ ގިނަ ބަޔަކު ފުލުހުން ހައްޔަރު ވަނީ ހައްޔަރުކޮށްފައެވެ.

އޭގެ ތެރޭގައި ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް އިން ކަނޑައަޅާފައިވާ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ސިނާން، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި މެންބަރު އިލްހާމުގެ ކޮއްކޮ، ލޯޔަރު އާދަމް ޒާލިފް ހިމެނެއެވެ.

މީގެ އިތުރުން އެމްޑީޕގެީ ގައުމީ މަޖިލިސް މެންބަރު މޫސާ އަލިމަނިކާއި، އެޕާޓީގެ ގައުމީ މަޖިލިސްގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ)، ކުރީގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދާއި އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު މޫސާ އަލީ މަނިކާއި އަހުމަދު އަދުހަމް ވެސް ވަނީ އެސްއޯއީގެ ދަށުން ހައްޔަރުކޮށްފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުސައިން ވެސް ވަނީ އެސްއޯއީގެ ދަށުން ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް