ނެޓްފްލިކްސްއާ ގުޅިގެން އޮބާމާ ޝޯތަކެއް ގެނެސްދޭން ތައްޔާރުވަނީ

އޮބާމާ އޭނާގެ އަންހެނުން އަދި ދެ ދަރިފުޅާއެކު--

ސްޓްރީމިން ކުންފުނި ނެޓްފްލިކްސް އާ ގުޅިގެން، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ޝޯއެއް ކުރިއަށް ގެންދަވަން ނިންމައިފިއެވެ.

މި ކަމާ ގުޅޭގޮތުން ނެޓްފިލްކްސް އިން އަންނަނީ އޮބާމާއާއެކު މަޝްވަރާކުރަމުންނެވެ. ޝޯގައި ދައްކާނީ ކިތައް އެޕިސޯޑުތޯ އަދި ޝޯގެ ފޯމެޓް ފައިނަލް ނުވާކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓު ކުރެއެވެ.

އޮބާމާ އާއި އޭނާގެ އަނބިކަނބަލުން ނިންމާފައިވަނީ ނެޓްފްލިކްސްއާ ގުޅިގެން "އިންސްޕިރޭޝަނަލް" ހައި ޕްރޮފައިލް ޝޯ ތަކެއް ގެނެސްދިނުމަށެވެ.

ސޯޝަލް މީޑިއާ އާ ރައްޓެހި އޮބާމާ، މިކަމާ ގުޅިގެން އަދި އެއްވެސް ވާހަކައެއް ވިދާޅުވެފައެއް ނުވެއެވެ.

ނެޓްފްލިކްސްއާ ހަވާލާދީ ނިއުޔޯކްޓައިމްސް އިން ބުނީ އެ ޝޯ ކުރިއަށް ގެންދިއުމަށް އޮބާމާއާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އިތުރު ތަފްސީލު އާންމު ކޮށްފައެއް ނުވެއެވެ.

އޮބާމާގެ އަނބިކަނބަލުން މިޝެލް ވަނީ "ބިކަމިން"ގެ ނަމުގައި ބަޔޮގްރަފީއެއް ނެރެން ނިންމަވައިފައެވެ.

comment ކޮމެންޓް