ދިޔަވަމުންދާ ދޯންޏަކަށް އެމްއެންޑީއެފްއިން އެހީވަނީ

ކޯސްޓްގާޑުގެ އުޅަނދެއް ---

މާލެއިން ފުރައިގެން ރ. އިންނަމާދޫއަށް ދަތުރުކުރި ދޯންޏެއް ކ. ގާފަރުގެ ހުޅަނގުން ދިޔަވާން ފެށުމުން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި، "ސިގްނަލް" ނަމަކަށް ކިޔާ 55 ފޫޓުގެ ދޯނި ދިޔަވާ ކަމުގެ ޚަބަރު އެމްއެންޑީއެފްއށް ލިބުނީ މިއަދު މެންދުރު 12:23 ހާއިރު ކަމަށެވެ.

އެ ދޯނީގައި ތިބީ ބިދޭސީއަކާއި ހަ ދިވެހީންނެވެ.

އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސްކުއަޑްރޮންއިން އެސަރަހައްދުގައި ހަރަކާތްތެރިވެ، އެ ދޯންޏަށް އެހީތެރިވަމުން ގެންދާ ކަމަށެވެ.

comment ކޮމެންޓް