ސްނެޕްޗެޓު ފޮޓޯ އަދި ވީޑިއޯގައި ވެސް ދެން މީހުން ޓެގް ކުރެވޭނެެ

ސްނެޕްޗެޓަށްލާ ފޮޓޯ އަދި ވީޑިއޯގައި މީހުން ޓެގް ކުރެވޭ ފީޗާއެއް ތައާރަފްކުރަން ނިންމައިފި އެވެ.

މި ފީޗާ މިހާރު ޓެސްޓުކުރަމުންދާ ކަމަށާއި ފޮޓޯ ނޫނީ ވީޑިއޯގައި ޓެގު ކުރުމަށް ފޭސްބުކް، އިންސްޓަގްރާމް، ޓުވިޓާގައި ކަންކުރާގޮތަށް @ ޖެހުމަށް ފަހު ޓެގް ކުރަން ބޭނުންވާ މީހެއްގެ ނަން ޖެހުމުން ފޮޓޯ ނޫނީ ވީޑިއޯގައި ޓެގްކުރެވޭނެ ކަމަށް ސްނެޕްޗެޓުން ބުނެފައިވެ އެވެ.

ފޮޓޯ ނޫނީ ވީޑިއޯ އެއްގައި ޓެގު ކުރެވޭ މީހާއަށް، އެހެން ސޯޝަލް މީޑިއާ އެޕް ތަކެކޭ އެއްގޮތަށް ނޯޓިފިކޭޝަންއެއް ލިބޭނެ އެވެ.

ސްނެޕްޗެޓް ބީޓާ ބޭނުންކުރާ ބައެއް މީހުންނަށް މި ފީޗާ މިހާރު ޓެސްޓަކަށް ދީފައިވާކަމަށްވެ އެވެ.

comment ކޮމެންޓް