ބޮލިފުށި ކައިރިއަށް ޓަގެއް ބަންޑުން ޖަހާލައިފި

ކ. ބޮލިފުށި ކައިރިއަށް ޓަގެއް ބަންޑުންޖަހާލާފައި --- ފޮޓޯ: އެމްއެންޑީއެފް

ކ. ބޮލިފުށި ކައިރިއަށް ޓަގެއް ބަންޑުންޖަހާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ "ލިއޯ ކޮމާންޑާ" ނަމަކަށް ކިޔާ ޓަގު ބަންޑުން ޖަހާލިކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓުގާޑަށް ލިބުނީ މިއަދު 15:00 އެހައިކަންހާއިރު ކަމަށެވެ. އެ ސަރަހައްދުގައި ކޯސްޓުގާޑުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ޓަގު ބަންޑުންޖަހާލީ ބާޖެއް ކަފުޖަހަން އުޅުމުގެ ތެރޭގައި ބޮލިފުށި ކައިރި ހިއްކަމުންދިޔަ ސަރަހައްދުގެ ފަސްގަނޑުކައިރީ ޖެހިގެންކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެކްސިޑެންޓު ހިނގިއިރު ޓަގުގައި ހަތް މީހުން ތިބި ކަމަށާއި އެތަނުން އެކަކަށް އަނިޔާވެ، މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ ބާކީ ތިބި ހަ މީހުން އެތާއޮތް ފަސްގަނޑަށް އަރާފައިވާކަމަށެވެ.

ޓަގުގައި ތިބި ހަތް މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ހަތަރު ބިދޭސިން ކަމަށާއި އަނިޔާވެފައިވަނީ ބިދޭސީ އަކަށް ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް ކޯސްޓުގާޑުގެ ޑައިވަރުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުނެވެ. އަދި ފުލުހުން ދަނީ އެ އެކްސިޑެންޓު ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް