ސްނެޕްްޗެޓުގެ 120 އިންޖިނިއަރުން ވަޒީފާއިން ކަނޑާލަނީ

ސްނެޕްޗެޓް --- ފޮޓޯ: ގެޓީ އިމޭޖްސް

ސްނެޕްޗެޓުގައި މަސައްކަތް ކުރާ 120 އިންޖިނިއަރަކު ވަޒީފާއިން ވަކިކުރަން ނިންމައި އެކަން މުވައްޒަފުންނަށް އަންގައިފިއެވެ.

އެކުންފުނީގެ އިންޖިނިއަރިން ޗީފް ޖެރީ ހަންޓާ މުވައްޒަފުންނަށް ފޮނުވި އީމެއިލެއްގައި ބުނެފައި ވާގޮތުން އިންޖިނިއަރިން ޓީމުން މުވައްޒަފުން ވަކިކުރަނީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށެވެ.

އަދި މިގޮތަށް ނިންމީ ކުންފުނީގެ ކުރިއެރުމަށް ވިސްނާފައިކަމަށްވެސް އީމެއިލްގައި ވެއެވެ. ސްނެޕްޗެޓުގެ ކޯޑުތައް ލީކުވެ، އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ނެޓްވޯކުތަކުން އަންނަނީ ސްނެޕްޗެޓުގެ މަގުބޫލު ފީޗާސްތައް ކޮޕީކުރަމުންނެވެ.

ގާތްގަނޑަކަށް ތިންހާހެއްހައި މީހުން ސްނެޕްޗެޓުގައި ވަޒީފާ އަދާކުރެއެވެ. މީގެ ތެރެއިން ކަނޑާލަން ނިންމީ އިންޖިނިއަރިން ޓީމުގެ 10 ޕަސެންޓު މުވައްޒަފުންނެވެ.

ސްނެޕްޗެޓުން އާންމުންނަށް ހިއްސާ ވިއްކަން ފެށިތާ އަހަރެއް ވެފައިވާއިރު ފާއިތުވި އަހަރަކީ ކުންފުންޏަށް މާލީގޮތުން ބޮޑު ފައިދާއެއް ލިބުނު އަހަރެއް ނޫނެވެ. އެ ކުންފުނީގެ އެންމެ ބޮޑު ވާދަވެރިޔާ، އިންސްޓަގްރާމުން އަންނަނީ މާކެޓުގައި ކުރިއެރުންތައް ހޯދަމުންނެވެ.

comment ކޮމެންޓް