އެމްއޭސީއެލްގައި އަންހެނުން ބާރުވެރިކުރުވުމާ ބެހޭ ފޯރަމެއް ބާއްވައިފި

އެމްއޭސީއެލްގެ އަންހެން މުވައްޒަފުން --- ފޮޓޯ/ އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި އަންހެނުން ބަރުވެރިކުރުވުމާ ބެހޭ ޚާއްސަ ފޯރަމެއް ބާއްވައިފި އެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އޮޕަރޭޓުކުރާ ކުންފުނި އެމްއޭސީއެލް އިން ވަނީ ހަރަކާތްތަކެއް ބޭއްވުމަށް ރާވައިފަ އެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ ފޯރަމަކީ މިންތީގެ ހަމަހަމަކަމާއި ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކުރިމަތިވާ ނަމަ އެކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ފޯރަމެކެވެ.

އެ ފޯރަމުގައި އެމްއޭސީއެލްގެ ހުރިހާ ޑިޕާޓްމެންޓަކާއި ސެކްޝަންތަކުން ކަނބަލުން ވަނީ ބައިވެރިވެ، ކާމިޔާބު މަޝްވަރާތަކެއްކޮށްފަ އެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި، މިއަދު ކުރިޔަށް އޮތް ވަގުތުތަކުގައި ވެސް އެކުންފުނިން އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ހިންގާނެ އެވެ.

އެގޮތުން މިއަދު ހަވީރުން ފެށިގެން ޚާއްސަ ކުޅިވަރުތަކެއް ބާއްވާ އިރު، މިރޭ ޖާފަތެއް ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ.

comment ކޮމެންޓް