ސެމްސަންގުން 146 އިންޗީގެ ޓީވީއެއް

"ވޯލް"ގެ ނަމުން ނަންދީފައިވާ 146 އިންޗީގެ ޓީވީއެއް ސެމްސަންގުން ވަނީ ސީއީއެސް 2018ގައި ދައްކާލައިފަ އެވެ. 4ކޭ ކޮލެޓީގެ މި ޓީވީ އަކީ މައިކްރޯ ލެޑް ޓެކްނޮލަޖީ ބޭނުންކޮށްގެން އުފައްދާފައިވާ ޓީވީއެކެވެ.

މި ޓީވީ ބާޒާރަށް ނެރޭނީ މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. ޓީވީގެ އަގު އަދި އާންމު ނުކުރި ނަމަވެސް މިއީ މިހާތަނަށް ސެމްސަންގުން ނެރޭނެ އެންމެ އަގުބޮޑު ޓީވީއަށް ވާނެ އެވެ.

.

ޓިވީ އާ ގުޅޭ މާބޮޑު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ގްލޯބަލް ލޯންޗު ހަފްލާގެ ތެރެއިން ގިނަ ވާހަކަތަކެއް އެނގޭނެ އެވެ.

މި ޓީވީގައި ބޭނުންކޮށްފައިވާ ޓެކްނޮލަޖީއާ އެކު ޓީވީގެ ކުލަތައް ވެސް ފުރިހަމަވާނެ އެވެ.

comment ކޮމެންޓް