ޒިންގް ސްމާޓް ނައިޓް ލައިޓް: އާދައިގެ ބޮތްކެއް ނޫން!

ޒިންގް ސްމާޓް ނައިޓް ލައިޓް---

ނިދާ ބޮކި އެނދުމަކީ ގޭތެރޭ އުޅޭ ކުޑަކުދިން އެންމެ އުފާވާ އެއް ކަމެވެ. އަނެއްކާ ވެސް އެހެން ކުލަ އެއްގެ ނިދާ ބޮތްކެއް ލިބެން އުޅޭތީ އެވެ.

ބޮޑެތި މީހުން ވެސް އަބަދު އެއް ކުލައެއްގެ ބޮކީގެ ފަނޑު އަލިކަމުގައި ނިދާ ހިތެއް ނުވެ އެވެ. އެކަމަށް ނިއުޔޯކްގެ ކުންފުންޏެއް ކަމަށްވާ ކިކްސްޓާޓާ އިން މިހާރު ވަނީ ހައްލެއް ހޯދައިފަ އެވެ.

ހަތަރު ކުލަ ހިމެނޭ އެ ނިދާ ބޮތްކަކީ ނިދާ ގަޑީ ހަމަ އެކަނި ބޭނުން ކުރެވޭ އާދައިގެ ބޮތްކެއް ނޫނެކެވެ.

ގޭތެރޭ ހުންނަ ސްމާޓް ތަކެއްޗާ ގުޅުވައިދޭ އެ ބޮކި ބޭނުން ކުރުމަށް ޒިންގްގެ އެޕެއް ސްމާޓްފޯނަށް އަޅަން ޖެހެ އެވެ. އެ އެޕްލިކޭޝަންގެ އެހީގައި ނިދާ ބޮކީގެ ކުލަ އެކި ކުލަ އަށް ބަދަލު ކުރުމަށް އެހީތެރިވެދެ އެވެ.

ގޭތެރެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ވެސް އެ ނިދާ ބޮކި އިސްރޯލެއް އަދާ ކުރާ އެއްޗެކެވެ. ގޭތެރޭގައި އެ ބޮކި ދިއްލުމުން ގޭތެރެ އަށް މީހެއް ވަދެއްޖެ ނަމަ ތިބާގެ ފޯނަށް އެކަމުގެ ނޮޓިފިކޭޝަން އަންނާނެ އެވެ.

ގޭތެރެއިން ގެއްލިފައި ހުންނަ ސާމާނު ވެސް އެ ބޮކީގެ ލޮކޭޝަންގެ އެހީގައި އެއްވެސް ދަތި ކަމެއް ނެތި ހޯދާލެވޭނެ އެވެ.

މަސްދަރު: ގްރީކް

comment ކޮމެންޓް