ކެލޮރީ ކައުންޓާގެ ރެސްޓޯރެންޓެއް މާލޭގައި ހުޅުވައި އެމްބެސެޑަރަކަށް ފާޒިލް

ކުވެއިތުގެ ފްރެންޗައިޒް ރެސްޓޯރެންޓު ކެލޮރީ ކައުންޓާގެ އައުޓުލެޓެއް މާލޭގައި ހުޅުވައިފިއެވެ.

ކެލޮރީ ކައުންޓާއަކީ ސިއްހަތަށް ފައިދާހުރި މީރު ކެއުންތަކެއް ލިބޭނެ ރެސްޓޯރެންޓެކެވެ. މާލޭގައި ހުޅުވި ރެސްޓޯރެންޓާއެކު އެތަނުގެ ބްރޭންޑު އެމްބެސެޑަރަކަށް ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) ވަނީ ހަމަޖައްސައިފައެވެ.

ފިޓްނަސްގެ ދާއިރާގައި މަގުބޫލުކަން ހޯދާފައިވާ ފާޒިލް ބުނީ މީގެ ކުރިން މީހުންނަށް އޭނާ އެނގެނީ ފިޓްނަސްގެ ދާއިރާގައި އުޅޭ މީހެއްގެ ގޮތުގައި ނަމަވެސް އިންޓަނޭޝަނަލް ފްރެންޗައިޒެއްގެ ބްރޭންޑު އެމްބެސެޑަރަކަށް ވުމަކީ ލިބުނު ފަޚުރެއް އަދި ކުރިއެރުމެއް ކަމަށެވެ.

ކެލޮރީ ކައުންޓާއިން ސިއްހަތަށް ފައިދާހުރި، މީރު ކެއުންތައް ލިބޭނެއެވެ.

ކެލޮރީ ކައުންޓާގެ ގިނަ އައުޓްލެޓުތަކެއް ސްރީލަންކާގައިވެސް ހުރެއެވެ. މާލޭގެ އައުޓްލެޓުް ހުންނާނީ ހ. ސިލްވާ އޯކް، އަބަދަށް އުފާ މަގުގައެވެ.

comment ކޮމެންޓް