އެސް9ގައި ނުހިމެނުނު ކަންތައް ނޯޓު 9ގައި ހިމަނާނެ

ސެމްސަންގުގެ އެންމެ ފަހުގެ ފޯނު ގެލެކްސީ އެސް 9 ސީރީޒް ލޯންޗުކޮށް ޕްރީ އޯޑަރު ނަގަން ފަށާފައިވާއިރު، މިއީ އެ ކުންފުނިން މިހާތަނަށް ނެރުނު އެންމެ ވަރުގަދަ ފޯނެވެ.

ފޯނުގެ ކެމެރާއަކީ އެސް9ގައި އެންމެ ފާހަގަކޮށްލެވޭ ފީޗާއެވެ. ފޯނު ލޯންޗުކުރުމަށް، ނިމިގެންދިޔަ މޯބައިލް ވޯލްޑުު ކޮންގްރެސްގައި ބޭއްވި ހަފްލާގައިވެސް އެންމެ ބޮޑަށް ދެކެވުނީ ކެމެރާގެ ވާހަކައެވެ.

އެސް9 އިއުލާނުކުރުމާއެކު އެންމެ ބޮޑަށް އުއްމީދުކުރެވުނީ ފޯނުގެ ފިންގާ ޕްރިންޓު ސްކޭނާ ސްކްރީނުގެ ދަށަށް ލާނެކަމަށެވެ. އެފަދަ ވާހަކަތަކެއްވެސް ވަނީ ދެކެވިފައެވެ. ނަމަވެސް ފޯނު ލޯންޗުކުރި އިރު ފިންގާ ޕްރިންޓު ސްކޭނާ އިނީ ކެމެރާގެ ރިތީގައެވެ.

ކޮންމެއަކަސް ސެމްސަންގުގެ ވަފާތެރިން މިހާރުވެސް އެންމެ އިންތިޒާރުކުރަކަމަކީ އެޕަލް އަށްވުރެ ކުރިން ފިންގާ ޕްރިންޓު ސްކޭނާ، ސެމްސަންގު ފޯނުގެ ސްކްރީން ތެރެއަށް ލެވޭނެ ދުވަހަކަށެވެ. ހަބަރުތައް ބުނާގޮތުން ނޯޓު 9ގައި މި ފީޗާ ހިމަނަން ސެމްސަންގުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން އެސް9ގައި ހިމަނާފައިވާ އޭއާރް އިމޯޖީ ފީޗާ އިތުރަށް ވަރުގަދަކޮށް އެސް9 އާއެކު ލިބޭ ފީޑުބެކަށް ބަލައި އެ ފީޗާ އިތުރަށް ހަރުދަނާކުރާނެއެވެ.

އެސް9 އަށްވުރެވެސް ނޯޓް9 ގެ ކެމެރާ ވަރުގަދަ ކުރަން ވެސް ސެމްސަންގުން މަސައްކަތް ކުރާނެއެވެ.

comment ކޮމެންޓް