10 ކިލޯގެ މަސްތުވާތަކެއްޗާ އެކު ޕާކިސްތާނުން ރާއްޖެއަށް އަންނަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް އަންނަން އުޅުނު ދެމަފިރިއެއްގެ ލަގެޖުން ވަނީ 10 ކިލޯގެ މަސްތުވާތަކެތި ފެނިފައި -- ފޮޓޯ: ޕާކިސްތާންޓުޑޭ

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ޕާކިސްތާނުން ރާއްޖެއަށް އަންނަން މަސައްކަތް ކުރި ދެމަފިރިއަކު އިއްޔެ އެގައުމުން ހައްޔަރުކޮށްފި އެވެ.

ޕާކިސްތާނުގެ ކަސްޓަމްސް އިން ބުނި ގޮތުގައި ކަރާޗީގެ ޖިންނާ އެއާޕޯޓުން ދެ މީހަކު ހިފެހެއްޓީ އެމީހުންގެ ލަގެޖް ފާސް ކުރުމުން 10 ކިލޯގެ ހެރޮއިން ފެނުމުންނެވެ.

އަދި އެމީހުންނާ އިތުރަށް ސުވާލު ކުރުމަށް ފަހު، އެމީހުން ދިރިއުޅޭ އެޕާޓެމެންޓު ބަލައި ފާސް ކުރުމުން އިތުރު 20 ކިލޯގެ ހެރޮއިން ފެނުނު ކަމަށާއި ބައިނަލްއަގުވާމީ ބާޒާރުގައި އޭގެ އަގު 1.8 މިލިއަން ޑޮލަރު (27 މިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް ލަންކާގެ ނޫސްތަކުން ބުނެ އެވެ.

އެއީ ފާއިތުވި 10 އަހަރު ތެރޭ ޕާކިސްތާނުގެ އެއާޕޯޓަކުން އެއް ފަހަރާ ފެނުނު އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޕާކިސްތާން ޓުޑޭގައިވެ އެވެ.

comment ކޮމެންޓް