ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު ހެޔޮކުރަން އެސްޓީއޯއިން ނިންމައިފި

އެފްއެސްއެމް ގެ ޕެޓްރޯލް ޝެޑް ހުޅުމާލޭގައި ހުޅުވުން --ސަން ފޮޓޯ/މުހައްމަދު އަފްރާހް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ވިއްކާ ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު ހެޔޮކުރަން އެ ކުންފުނިން ނިންމައިފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ، 7 މާރޗް 2018 ވަނަ ދުވަހުން ފެށިގެން، އެކުންފުނިން ވިއްކާ ޑީސަލް ލީޓަރަކުން 20 އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ކުޑަކޮށް، ބާޒާރުގައި، އެ އަގުތަކުގައި ތެޔޮލިބެން ހުންނާނޭ ކަަމަށެވެ.

"މާދަމައިން ފެށިގެން އެސްޓީއޯއިން ތެޔޮވިއްކާނީ، ޑީސަލް ލީޓަރެއް 10.21ރުފިޔާއަށް އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 10.11 ރުފިޔާއަށް،" އެސްޓީއޯގެ މީޑިއާ އޮފިޝަލް ސަންއަށް ވިދާޅުވިއެވެ.

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ، މިއަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އޭރު، ޑީސަލް ލިޓަރަކުން 80 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 54 ލާރި ބޮޑުކުރިއެވެ. އެގޮތަށް ބޮޑުކުރަން ޖެހުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ކަމަށް ވެސް އޭރު އެސްޓީއޯއިން ބުންޏެވެ.

comment ކޮމެންޓް