މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ހާލުދެރަވި މީހާ މަރުވެއްޖެ

މާފަންނު ގެއެއްގައި އަލިފާން ރޯވި ހާދިސާގައި ދުމުގެ އަސަރު ކުރުމުގެ ސަބަބުން ހާލު ދެރަވި މީހާ މަރުވެއްޖެ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މ. ސިތާރާގޭގެ ތިންވަނަ ފްލޯގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ހާލުދެރަވި މީހާ މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މ. ސިތާރާގޭގެ ތިންވަނަ ފަންގިފިލާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން، ހާލުދެރަވެ މަރުވީ ބިދޭސީއެއް ކަމަށެވެ.

އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފުލުހުން ބުނީ މިއަދު ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ތަހުގީގުކުރަމުން ދާކަމަށެވެ.

comment ކޮމެންޓް