ޓެބްލެޓް ހަވާލުކުރުމުގެ މަަސައްކަތް ދަނީ ތާވަލާ އެއްގޮތަށް: އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގެ ސްކޫލެއްގެ ދަރިވަރުންތަކެއް. ޓެބްލެޓް ހަވާލުކުރުމުގެ މަަސައްކަތް ދަނީ ތާވަލާ އެއްގޮތަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީ ބުނި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލެއް ގެނައުމުގެ ގޮތުން ދަރިވަރުން ކިޔެވުމުގައި ބޭނުންކުރަން ހަމަޖެހިފައިވާ ޓެބްލެޓްތައް ދަރިވަރުންނާ ހަވާލުކުރުމުގެެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަންގެ ސްޓޭޓްް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ، ކުރިން ހަމަޖެހިފައިވާ ގޮތަށް ދެވަނަ ޓާމުގެ ކިޔެވުން ފެށުމާއެކު ޓެބްލެޓްތައް ދަރިވަރުންނާ ހަވާލުކުރެވޭނެ ކަމަށެވެ.

ދިރާސީ އާއަހަަރާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ނިންމައިފައިވާތީވެ، އެކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބެލެނިވެރިންނަށް ހާއްސަ އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އޮރިއެންޓޭޝަން ޕްރޮގްރާމް ލަސްވި ސަބަބެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ޝަފީއު ވިދާޅުވީ، ޓެބްލެޓަށް ބެލެނިވެރިން އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޮރިއެންޓޭޝަން ޕްރޮގްރާމުގައި، ޑިޖިޓަލް މާހައުުލުގައި ރައްކާތެރިވާނެގޮތުގެ ކަންކަމަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސްކޫލުތައް ޑިޖިޓަލައިޒްކުރުމަށް ޓެބްލެޓު ހޯދަން ހަވާލުކޮށްފައި ވަނީ މެކްސްކޮމް އާ އެވެ. އަންނަ މެއި މަހު ސްކޫލުތަކުގައި ޓެބްލެޓް ބޭނުންކުރަން ފަށާއިރު އެ މަޝްރޫއަށް ސަރުކާރުގެ މި އަހަރުގެ ބަޖެޓުގައި 150 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

comment ކޮމެންޓް