މިއަހަރު އަމީން ދީދީ ސްކޮލަރޝިޕް ޔާނިޔާއަށް

އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް، އަމީންދީދީ ސްކޮލަރޝިޕް އެވޯޑް ބ. ކެންދޫ، ހިޔާ، ފާތިމަތު ޔާނިޔާއާ ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

އަމީނިއްޔާ ސްކޫލްގެ ނަން، އެ ބޭފުޅަކަށް ނިސްބަތްވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލް އަމީރު މުހައްމަދު އަމީން ދީދީގެ ހަނދާނުގައި އެ ސްކޫލުން ދެމުން އަންނަ މުހައްމަދު އަމީން ދީދީ ސްކޮލަރޝިޕް އެވޯޑް މިއަހަރު، ބ. ކެންދޫ، ހިޔާ، ފާތިމަތު ޔާނިޔާއަށް ލިބިއްޖެއެވެ.

އަމީން ދީދީ ސްކޮލަރޝިޕް އެވޯޑް ހަވާލުކުރުމަށާއި އަމީނިއްޔާގެ ސްޓޫޑެންޓް ކައުންސިލަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލުކުރުމާއި ހުވާކުރުމަށް މިއަދު އެ ސްލޫކްގައި ބޭއްވި ޚާއްސަ ރަސްމިޔާތުގައި ޔާނިޔާއަށް ސްކޮލަރޝިޕް އެވޯޑް ހަވާލުކޮށްދެއްވީ، އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމެވެ.

އަމީންދީދީ ސްކޮލަރޝިޕް އެވޯޑް ހަވާލުކުރުމަށާއި އަމީނިއްޔާގެ ސްޓޫޑެންޓް ކައުންސިލަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލުކުރުމާއި ހުވާކުރުމަށް މިއަދު އެ ސްލޫކްގައި ބޭއްވި ޚާއްސަ ރަސްމިޔާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މިއަދުގެ އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ލީގަލް އެފެއާޒް އާއިޝަރު އާޒިމާ ޝަކޫރެވެ. މީގެ އިތުރުން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި، ސްކޫލްގެ އިސްވެރީންނާއި ޕީޓީއޭއާއި ސްކޫލް ބޯޑުގެ މެންބަރުންނާއި އެކިއެކި މަގާމުތަކަށް ހޮވުނު ދަރިވަރުންގެ ބެލެނިވެރީން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

މުޙައްމަދު އަމީން ދީދީ ސްކޮލަރޝިޕް އެވޯޑް ދެނީ، އަތޮޅުތެރޭގެ ސްކޫލްތަކުގެ ތެރެއިން ސްކޫލަކުން ގްރޭޑު ހަތެއް ނިންމައި، ސާނަވީ ތައުމީ ހާސިލްކުރުމަށް އަމީނިއްޔާއާ ގުޅޭ ދަރިވަރުންގެ ތެރެއިން ސްކޮލަރޝިޕަށް ވާދަކޮށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރަކަށެވެ. އެގޮތުން އެ ދަރިވަރެއްގެ ސާނަވީ މަރުހަލާ ނިމެންދެން މި ސްކޮލަރޝިޕް ދެމިއޮންނާނެވެ.

އަމީން ދީދީ ސްކޮލަރޝިޕްގެ ދަށުން މިހާތަނަށް ޖުމުލަ 22 ދަރިވަރަކު އަމީނިއްޔާ ސްކޫލުން ތައުލީމު ހާސިލުކޮށްފައިވެއެވެ. އަދި މިހާރު އެ ސްކޫލްގެ ގްރޭޑު ނުވައެއް އަދި ދިހައެއްގައި، ކޮންމެ ގްރޭޑެއްގައި އެއް ދަރިވަރަކު، އަދި މިއަދުގެ އެވޯޑާއެކު 2018 ވަނަ އަހަރު ޖުމްލަ ތިން ދަރިވަރަކު އަމީނިއްޔާގައި ތައުލީމު ހާސިލްކުރަމުންދާނެއެވެ.

އަމީންދީދީ ސްކޮލަރޝިޕް އެވޯޑް ހަވާލުކުރުމަށާއި އަމީނިއްޔާގެ ސްޓޫޑެންޓް ކައުންސިލަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލުކުރުމާއި ހުވާކުރުމަށް މިއަދު އެ ސްލޫކްގައި ބޭއްވި ޚާއްސަ ރަސްމިޔާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މިއަހަރު އަމީނިއްޔާ ސްކޫލްގެ ޕްރިފެކްޓުންގެ ގޮތުގައި 85 ދަރިވަރަކު ހުވާކުރިއެވެ. މިއަދުގެ އެރަސްމިއްޔާތުގައި ސްކޫލްގެ ޔުނިފޯމް ބޮޑީޒްތަކުގެ ލީޑަރުންނާއި ހައުސް ކެޕްޓަނުންނާއި ޑެޕިއުޓީ ހައުސްކެޕްޓަނުންނާ މަގާމު ހަވާލުކުރުންވެސް އޮތެވެ.

އަމީނިއްޔާ ސްކޫލްގެ 2018 ވަނަ އަހަރުގެ ސްކޫލް ކެޕްޓަނަކަށް ހޮވިފައި ވަނީ، 10އެސް 2ގެ ދަރިވަރު އައިޝަތު ޔަނާލް ހަސަނެވެ. ޑެޕިއުޓީ ސްކޫލް ކެޕްޓަނަކަށް 10 އެސް4ގެ ދަރިވަރު މަރިޔަމް އިންނާން އިބްރާހީމް ރަޝީދު ހޮވިފައިވާއިރު، ސްކޫލްގެ ގޭމްސް ކެޕްޓަނަކަށް ހޮވިފައިވަނީ 10އެސް2ގެ ދަރިވަރު އައިޝަތު ޔަލާ ހުސައިންއެވެ. ޑެޕިއުޓީ ގޭމް ކެޕްޓަނަކަށް ހޮވިފައިވަނީ، 10އެސް4ގެ ރާޔާ އަބްދުއްރައްޒާގެވެ.

އަމީންދީދީ ސްކޮލަރޝިޕް އެވޯޑް ހަވާލުކުރުމަށާއި އަމީނިއްޔާގެ ސްޓޫޑެންޓް ކައުންސިލަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލުކުރުމާއި ހުވާކުރުމަށް މިއަދު އެ ސްލޫކްގައި ބޭއްވި ޚާއްސަ ރަސްމިޔާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވީ، މިއަދުގެ އެ ހަފްލާގައި ފާހަގަވެގެން ދިޔައީ ގައުމުގެ މުސްތަގުބަލުގެ ސަފްހާތައް ލިޔާނޭ ވަރުގަދަ ލީޑަރުންތަކެއް ކަމަށެވެ. އެ ދަރިވަރުންނަކީ އާރާއި ބާރު ހުރި ދަރިވަރުންތަކެއްގެ ގޮތުގައި ތަމްސީލުވެގެން ދިއުމަކީ އަޅުގަނޑުމެން އެންމެންގެ އުންމީދުކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

comment ކޮމެންޓް