އިސްތަށިގަނޑު ދޮވުމުގައި ވިސްނަންވީ ކަންތައްތައް!

އިސްތަށިގަނޑު ދޮވުމުގައި އެންމެ ރަނގަޅު ބެލެންސެއް ހޯދުމަކީ އުނދަގޫ ކަމެކެވެ. މާ ގިނައިން ދޮންނަ ނަމަ، އިސްތަށިގަނޑުގެ ގުދުރަތީ ރީތިކަން ގެއްލި، މާ ބޮޑަށް ކިފުޅި ވާގޮތް ދިމާވެ އެވެ. އަދި މަދުން ދޮންނަ ނަމަ، އިސްތަށިގަނޑު މާ ބޮޑަށް ތެޔޮވެ، އިސްތަށިގަނޑަށް ގެއްލުން ލިބެ އެވެ.

އެހެންކަމުން، ހަފްތާ އަކު ބޯ ދޮންނަން އެންމެ ރަނގަޅީ ކިތައް ފަހަރުކަން އެނގިފައި އޮތުމަކީ މުހިންމު ކަމެކެވެ. އެހެން ނަމަވެސް، އެކި މީހުންގެ އިސްތަށިގަނޑު ތަފާތު ވުމުން، ބޯ ދޮންނަން ޖެހޭ މިންވަރު ވެސް ތަފާތުވެ އެވެ.

އިސްތަށިގަނޑު ދޮވުމުގައި ވަރަށް މުހިންމު ތިން ކަމެއް ދެނެގަންނަން ޖެހެ އެވެ. އެއީ ހަމުގެ ވައްތަރާއި، އިސްތަށިގަނޑުގެ ޓެކްސްޗާ، އަދި އާންމުކޮށް އިސްތަށިގަނޑު ސްޓައިލް ކުރާ ގޮތެވެ.

1. ހަމުގެ ޓައިޕް

ކޮލަމްބިއާ ޔުނިވާސިޓީގެ ދިރާސާތައް ދައްކާގޮތުން ހަންގަނޑު މެދުމިންވަރަކަށް ތެޔޮކޮށް ނުވަތަ މެދުވިންވަރަކަށް ޑްރައި ކޮށް ހުންނަ މީހުން އިސްތަށިގަނޑު ދޮވުން އެންމެ ރަނގަޅީ ހަފްތާއަކު އެއް ފަހަރު އެވެ. މާބޮޑަށް ތެޔޮވާ ނަމަ، ދުވާލަކު އެއްފަހަރު ދޮވުން ރަނގަޅެވެ.

2. އިސްތަށިގަނޑުގެ ޓެކްސްޗާ

ކޮލަމްބިއާ ޔުނިވާސިޓީގެ ދިރާސާތައް ދައްކާ ގޮތުން އެކު ޓެކްސްޗާގެ އިސްތަށިގަނޑަށް ރަނގަޅީ، އެކި ކަހަލަ ފަރުވާ އެވެ. ބޯ ކިފުޅިކޮށް ނުވަތަ ބުޅިކޮށް ހުންނަ ނަމަ، އިސްތަށިގަނޑު ތެޔޮވުން ލަސްވާނެ އެވެ. އެހެންކަމުން ހަފްތާއަކު އެއް ފަހަރު ބޯ ދޮވުމުން ވެސް ފުދޭނެ އެވެ. ނަމަވެސް ފަން އިސްތަށިގަނޑެއް ނަމަ، ހަފްތާ އަކު ދެ ފަހަރު ނުވަތަ އެއަށް ވުރެ ގިނައިން ބޯ ދޮވުނަސް މައްސަލައެއް ނެތެވެ.

3. އިސްތަށިގަނޑު ސްޓައިލް ކުރާ ގޮތް

ކޮންމެ ކަހަލަ އިސްތަށިގަނޑެއް ނަމަވެސް، އާންމުކޮށް އިސްތަށިގަނޑު ފަންކޮށް، ބުޅިކޮށް، ކުލަ ޖައްސާ ހަދާ ނަމަ އިސްތަށިގަނޑު ދޮންނަން ޖެހޭ މިންވަރު ބަދަލުވެދާނެ އެވެ. މާ ގިނައިން ސްޓައިލް ކުރުމުގެ ސަބަބުން އިސްތަށިގަނޑު ހަލާކުވެފައިވާ ނަމަ، އެހާ ގިނައިން ޝޭމްޕޫ ލައިގެން ބޯ ދޮވުމަކީ ބުއްދިވެރި ކަމެއް ނޫނެވެ.

comment ކޮމެންޓް