ނިދަން ކައިރިވުމުން މި ކާނާތަކާ ދުރުވޭ!

ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ރޭގަނޑު ހަމަ ނިދި ލިބުމަކީ ގިނަ ބަޔަކަށް އުނދަގޫ ކަމެކެވެ. މަސައްކަތުގައި ބިޒީވެ، ނުވަތަ ގޭތެރޭގެ ކަންކަން ނުނިމި، ސްކޫލު ޕްރޮޖެކްޓުތައް އެންމެ ފަހު ވަގުތު ނިންމަން އުޅުމުން ނަތީޖާ އަކަށް ވަނީ ރޭގަނޑުގެ ބޮޑު ބައެއް ކޮންމެސް ކަމެއް ކުރުމުގައި ހޭދަކުރަން ޖެހުމެވެ.

މިހެން އުޅޭ އިރު ވަރަށް ގިނައިން ކެވެ އެވެ. ކޮންމެސް ކަހަލަ ލުއި އެއްޗެކެވެ. ނުވަތަ ބޭރުން އެއްޗެއް އޯޑަރު ކޮށްލައިގެންނެވެ. ދެން އުޅެންވީ ނިދަން އުނދަގޫ ވެގެންނެވެ. ރޭގަނޑު ކާ އެއްޗެހީގެ ސަބަބުން ނިދަން އުނދަގޫވުމަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ.

އެހެންކަމުން ނިދާ ގަޑި ޖެހެން ކައިރިވާ ވަރަކަށް ބައެއް ކަހަލަ ކާބޯތަކެއްޗާ ދުރުވުން ބުއްދިވެރި އެވެ. ތިރީގައި މިވާ ކާނާ އަކީ ރޭގަނޑު ނުވައެއްގެ ފަހުން ކެއުން ރަނގަޅު ނޫން ކަމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާ ކާނާ އެވެ.

1. ކިރު

ކިރަކީ ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން އަދި ކެލްސިއަމް ލިއްބައިދޭ ސިއްހަތަށް ފައިދާ ހުރި ބުއިމެކެވެ. ނަމަވެސް ނިދުމުގެ ކުރިން ކިރު ބުއިމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ ކިރުގައި ހިމެނޭ ލެކްޓޯސްގެ ސަބަބުން ބަނޑަށް އުނދަގޫވެ، މީހާ ނިއްޖާ ދުރުކޮށްލަ އެވެ. އެހެންކަމުން، ކިރުގެ ބަދަލުގައި ލެކްޓޯސް-ފްރީ ޕްރޮޓީން ޝޭކެއް ޚިޔާރުކުރުން ބުއްދިވެރި އެވެ.

2. ޕާސްތާ

ޕާސްތާ އަކީ ފަސޭހައިން ކައްކާ ލެވޭ އެއްޗެކެވެ. އެހެންކަމުން ރޭގަނޑު ކާގަޑީގައި ގިނަ ބަޔަކު ޕާސްތާ ޚިޔާރުކުރެ އެވެ. ޕާސްތާ އަކީ ހަށިގަނޑަށް ކާބޯހައިޑްރޭޓް ލިއްބައިދޭ އެއްޗެކެވެ. ނަމަވެސް ޕާސްތާގައި މަތީ މިންވަރަކަށް ކެލޮރީ ހިމެނޭ އިރު، އެންމެ ފަހަރަކުން ވެސް 400 ކެލޮރީ ހަށިގަނޑަށް ފޯރަ އެވެ. ޕާސްތާ އަކީ ނިދުމުގެ ކުރިން ކެއުން ރަނގަޅު ކާނާ އެއް ނަމަވެސް، ދުވަހުގެ ކުރީކޮޅު ކަސްރަތު ކޮށްލުމުގެ ކުރިން ނުވަތަ ފަހުން ޕާސްތާ ކެއުން ރަނގަޅު ވާނެ އެވެ.

3. ޗޮކްލެޓް

ޗޮކްލެޓުގައި ހަމައެކަނި ހުންނަނީ ހަކުރާއި ފެޓް އެއް ނޫނެވެ. ޗޮކްލެޓުގައި ކެފެއިން ވެސް މަތީ މިންވަރަކަށް ހުރެ އެވެ. ކެފީން އިންޓޮލެރެންޓް މީހުން ރޭގަނޑު ޗޮކްލެޓު ކެއުމަކީ، އެމީހާ ނިދިން މަހްރޫމް ކޮށްލާ ކަމެކެވެ.

4. ޕިއްޒާ

މިއީ ރޭގަނޑު ބާއްވާ ކުދި އެއްވުންތަކުގައި ވެސް އެންމެ މަގުބޫލު ކެއުމެވެ. ޕާޓީ އަށް ވެސް ޕިއްޒާ އެވެ. ކައްކާ ހިތް ނުވެގެން ދެން ވެސް އޯޑަރު ކޮށްލެވެނީ ޕިއްޒާ އެވެ. ރައްޓެހިންނާ އެކު ބޭރަށް ގޮސް ވެސް ކާލެވެނީ ޕިއްޒާ އެވެ. ޕިއްޒާ ކާން ބޭނުން ނަމަ، ނުވައެއްގެ ކުރިން އެކަން ނިންމާލާށެވެ. ނިދަން ކައިރިކޮށް ޕިއްޒާ ކެއުމަކީ މީހާގެ ހަށިގަނޑު ފަލަވެ ބަރުދަން އިތުރުވާން މެދުވެރިވެދާނެ ކަމެކެވެ. އެއީ ޕިއްޒާގައި ކެލޮރީގެ މިންވަރު މަތިވީމަ އެވެ. އަދި ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް އާއި ފެޓް ވެސް ހިމެނެ އެވެ.

5. މިރުސް

ރޭގަނޑު ނިދަން ކައިރިވުމުން ކުޅިކޮށް ކެއުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. އެއީ މޭ އަންދައި، ފާޚާނާ އަށް ދެވޭ ގޮތް ދިމާވެދާނެތީ އެވެ.

މަސްދަރު: ފުޑްނެޓްވޯކް.ކޮމް

comment ކޮމެންޓް