އެޕަލް އިން މި އަހަރު އަގުހެޔޮ މެކްބުކް އެއް ނެރޭނެ؟

އެޕަލް ކުންފުނީގެ އުފެއްދުންތަކަކީ އޭގެ މޮޅުކަމާ އެއްވަރަށް އަގު ވެސް ބޮޑު އުފެއްދުންތަކެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ނަމަވެސް އެޕަލް އިން މިހާރު މަސައްކަތް ކުރަނީ އެ ކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން ބައެއް އުފެއްދުންތަކަކީ މެދުފަންތީގެ މާކެޓުގައި ވެސް ވިކޭނެ އުފެއްދުންތަކަކަށް ހެދުމަށެވެ. އައިފޯނުގެ އަގުހެޔޮ ވާޝަން، އައިފޯނު އެސްއީ އަށް ވަނީ ކާމިޔާބީ ލިބިފަ އެވެ. އެއާ އެކު މި އަހަރު ތެރޭ އެސްއީގެ އާ ވާޝަންއެއް ބާޒާރަށް ނެރޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އައިފޯނަށް ފަހު އެޕަލް އިން މިހާރު މަސައްކަތްކުރަނީ އެމީހުންގެ މެކްބުކްގެ އަގުހެޔޮ ވާޝަންއެއް ބާޒާރަށް ނެރުމަށެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ނެރޭ މި 13 އިންޗީގެ ލެޕްޓޮޕަކީ އަގުހެޔޮ އުފެއްދުމަކަށް ވާނެ ކަމަށާއި މިއީ އެޕަލްގެ ލެޕްޓޮޕްތަކުގެ ސޭލްސް ކުރިއަށް ޖައްސަން ބޭނުންކުރާނެ އުކުޅެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެޕަލް އިން މިހާރު ވިއްކާ މެކްބުކްގެ އަގު އުޅެނީ 999 ޑޮލަރުގަ އެވެ.

comment ކޮމެންޓް