ޑިސެމްބަރު މަހު ޝާހް، ސަލްމާން އަދި ރަންވީރުގެ ފިލްމުތައް!

މި އަހަރުގެ ޑިސެމްބަރު މަހަކީ ބޮލީވުޑް ފިލްމުތަކަށް ލޯބި ކުރާ ފަރާތްތަކަށް އުފާވެރި މަހަކަށް ވާނެ އެވެ. ކާމިޔާބު އެކްޓަރުންގެ ފިލްމުތައް ކައިރި ކައިރީގައި ރިލީޒް ކުރުމަށް މި އަންނަނީ ތައްޔާރުވަމުންނެވެ.

އެގޮތުން ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ބޮލީވުޑް ރަސްގެފާނު ޝާހްރުކް ޚާންގެ އުންމީދީ ފިލްމު 'ޒީރޯ' ރިލީޒް ކުރާނެ އެވެ. ޝާހު ޑަބަލް ރޯލުން ފެނިގެންދާ އެ ފިލްމުގެ އަންހެން ލީޑުން ފެނިގެން ދާނީ އަނުޝްކާ ޝަރްމާ އަދި ކެޓްރީނާ ކައިފް އެވެ.

'ޒީރޯ' އަކީ އާނަންދް އެލް ރާއީ ޑައިރެކްޓު ކުރާ ފިލްމެކެވެ.

އޭގެ ހަފްތާއެއް ފަހުން، ޑިސެމްބަރު 28 ގައި ރަންވީރު ސިންގގެ 'ސިމްބާ' ރިލީޒް ކުރަން ވަނީ ހަމަޖެހިފައެވެ. ކަރަން ޖޯހަރު އަދި ރޯހިތު ޝެޓީގެ 'ސިމްބާ' ގައި ރަންވީރު ފެނިގެން ދާނީ ފުލުހެއްގެ ރޯލުންނެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން ނަމަ، ސަލްމާން ޚާންގެ 'ދަބަންގް 3' ވެސް ރިލީޒް ކުރާނީ ޑިސެމްބަރު 28 ގަ އެވެ. ވީހާވެސް އަވަހަށް ފިލްމުގެ ޝޫޓިން ނިންމައި ޑިސެމްބަރު މަހު ފިލްމު ރިލީޒް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސަލްމާން 'ދަބަންގް 3' ގެ މަސައްކަތް ފަށާނީ މިހާރު މަސައްކަތް ކުރަމުން އަންނަ 'ރޭސް 3' އަދި 'ބާރަތު' ގެ މަސައްކަތް ނިމުމުންނެވެ.

ޚަބަރުތައް ބުނާގޮތުން ސަލްމާން ވަނީ ޝާހުގެ ފިލްމާ އެކު، 'ދަބަންގް 3' ރިލީޒް ނުކުރާން ކަމަށް ބުނެފައެވެ.

comment ކޮމެންޓް