ރައްޔިތުންގެ އެންމެ ގާތް އެކުވެރިއަކަށް ދިވެހީންގެ ބޭންކް!

ދިވެހި ގައުމީ ބޭންކުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ކޮންމެ ދުވަހަކު، ދިވެހި މުޖުތަމައަށް އެކި ދާއިރާތަކުން އެހީތެރިވުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި ބިޔަ ކެމްޕޭނެއް ފެށިއެވެ.

ބޭންކުންފެށި އެ ކެމްޕޭން ވެގެންދިޔައީ ކާމިޔާބު ކެމްޕޭނަކަށެވެ. ރައްޔިތުންނާއި ގާތުން ހިދުމަތްދީ، ރައްޔިތުންގެ ހާލު ކައިރިން ބަލައި ދިވެހިންގެ ބޭންކަށް ދިވެހިންގެ ލޯބި އިތުރުވެގެން ދިޔަ ކެމްޕޭނަކަށް "އަހަރެންގެ ބޭންކް" ކެމްޕޭން ވިއެވެ.

އެއާއެކު މުޖުތަމައަށް ޚިދުމަތްތެރިކުރުމުގެ ޒިންމާ ބޮލު އަޅައި، ބޭންކުން މިއަހަރުގެ ފެބްރުއަރީ މަހުވެސް މި ކެމްޕޭން ކާމިޔާބުކަމާ އެކު ކުރިޔަށް ގެންގޮސް ނިންމާލައިފިއެވެ.

އަހަރެންގެ ބޭންކް 2018

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު "އަހަރެންގެ ބޭންކު" ކެމްޕޭން ފެށީ ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު ބީއެމްއެލްގެ ހެޑް އޮފީސް އިމާރާތުގެ މަތިން ރެފެލް ޖަމްޕް ހަރަކާތާއެކުގައެވެ. ފިރިހެނުންނަށް ދޫނުކުރާވަރުގެ ކުޅަދާނަ ކަނބަލުންވެސް އެ ހަރަކާތުގައި ބައިވެރިވެ ހެޑް އޮފީހުގެ މަތިން ވަލުގައި ހިފައި ފުންމައިލިއެވެ. ކެމްޕޭން ޕޭން ފެށީ ތަފާތު ކަމާއެކީ، ފޯރީގައެވެ.

ބީއެމްއެލްގެ އަހަރެންގެ ބޭންކް ކެންޕެއިން ފެށުމުގެ ހަރަކާތްތައް -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

އެއާއެކު ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ މުވައްޒަފުން ގުޅިގެން ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމުގެ މައިގަނޑު ހަރަކާތްތަށް ފެށުނީއެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން ޒުވާނުންނާއި، ދުވަސްވީ މީހުން، ކުޅެދޭ މީހުންނާއި ނުކުޅެދޭ މީހުން، އަދި ކިޔަވާ ކުދިންނާއި ކުޅިވަރުގައި ހަރަކާތްތެރިވާ ކުދިންނަށް ވަނީ ބީއެމްއެލްގެ އެހީތެރިކަން ތަފާތު ގޮތްގޮތުން ފޯރުކޮށްދީފައެވެ.

ކެންސަރު ދުވަހާ ގުޅިގެން . ދިއްގަރު ގައި ބޭއްވި ހާއްސަ ހަރާކާތުގެ ތެރެއިން-- ފޮޓޯ: ބީއެމްއެލް

ފަންސަވީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭ ފޮޓޯ މުބާރާތެއް ބާއްވައި، ފޮޓޯ ނެގުމަށް ލޯބިވާ މީހުންގެ މެދުގައި ވާދަވެރިކަން އިތުރުކުރުވިއެވެ. އަދި ފޮޓޯ ނަގައި ނޫޅޭ މީހުންވެސް އެކަމަށް ހިތްޖެހުނެވެ.

ބީއެމްއެލްގެ އަހަރެންގެ ބޭންކު ކެމްޕޭންގެ ދަށުން ކުރިއަށް ގެންދާ އިންސްޓަގްރާމް ފޮޓޯ މުބާރާތް ކުރިއަށް ދިޔައީ ފެބްރުއަރީ މަހުގެ ނިޔަލަށް -- ފޮޓޯ ބީއެމްއެލް

އަތޮޅުތެރޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކިޔެވުމުގެ ފަހި ފުރުސަތު ހޯދައިދިނުމަށް ލެޕްޓޮޕް، ޕްރޮޖެކްޓަރު އަދި ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށް، ދަރިވަރުންގެ ކިޔެވުމަށް ދިވެހިންގެ ބޭންކުން ފޯރުކޮށްދިނީ ދީލަތި އެހީތެރިކަމެވެ. ހޯދީ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންގެ ލޯތްބެވެ. އޭގެ އިތުރުން ޒުވާނުން ޒިންމާދާރު ކުރުވާ ޒުވާނުންނަށް ބީއެމްއެލްއިން ވަޒީފާ ހޯދައިދިނުމަށް އިންޓާންޝިޕް ޕްރޮގްރާމެއްވެސް ބޭންކުވަނީ ތައާރަފްކުރިއެވެ.

އެމްއެލްއިން ޓީވީ އަކާއި ކޮމްޕިއުޓާ ސިސްޓަމެއް ސީއެޗްއައިސީ އަށް ހަދިޔާކުރުން -- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްއިން ދުޅަހެޔޮ ސިއްހަތަކަށް ބާރުއެޅުމަށްޓަކައި ބާސްކެޓް ކުޅޭ ކުޅުންތެރިންނަށް މާލޭ އެކުވެނީގައި ބާސްކެޓްބޯލް ކޯޓެއް އެޅުމުގައި އެހީތެރިވާން ނިންމިއެވެ. އަދި އަތޮޅުތެރޭގައި އުޅޭ، ފެތުމަށް ޝައުގުވެރިވާ ކުދިންނަށް އެހީތެރިވެދިނުމަށް ސްވިމިންގް ގިއަރުވެސް ހަދިޔާ ކުރިއެވެ.

އެކުވެނީގައި ބަސްކެޓް ކޯޓެއް އެޅުމަށް އެހީވުމަށް ބީއެމްއެލްއިން ވަނީ ނިންމާފައި -- ފޮޓޯ/ ބީއެމްއެލް

އަދި ބައެއް ރަށްރަށަށް ކުޅިވަރާއި ގުޅުން ހުރި ސާމާނުވެސް ހަދިޔާކޮށް، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމަށް ބީއެމްއެލްއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ އިތުރުން ކެންސަރާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް ކެންސަރު ސްކްރީނިން ޕްރޮގްރާމްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދިވެހިންގެ ގައުމު ދިވެހިންގެ ވެށި ސާފުކަންމަތީގައި ބޭއްވުމަށް ދިވެހިންގެ ބޭންކުން އިސްނަގައިގެން އަތޮޅުތެރޭގެ ބައެއް ރަށްރަށާއި މާލޭގެ ސުވިމިން ޓްރެކް ސާފްކޮށް، އެތަނުން 180 ކިލޯގެ ކުނި ވަނީ ނަގައިފައެވެ. ސާފު ވެއްޓެއް ގާއިމުކުރުމަށް ބީއެމްއެލްގެ މުވައްޒަފުން ނިކުމެ ދައްކައިދިނީ އެހެން ކުންފުނިތަކާއި އިދާރާތަކަށްވެސް ނަމޫނާއެކެވެ.

ބީއެމްއެލްއިން ކުރިއަށްގެންދިޔަ ވެށި ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން-- ފޮޓޯ/ބީއެމްއެލް

އަހަރުމެންގެ މުޖުތަމައުގައި އުޅޭ ބަލި މީހުންނާއި ނުކުޅެދޭ މީހުންނަކީ އެހެންމީހުންގެ އަޅާލުން އެންމެ ބޮޑަށް ބޭނުންވާނެ ބައެވެ. އެކަމުގައިވެސް ދިވެހިންގެ ބޭންކުންވަނީ ނަމޫނާ ދައްކާފައެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ބީއެމްއެލްގެ މުވައްޒަފުންވަނީ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.

ބީއެމްއެލްއިން ކުރިއަށްގެންދިޔަ އަހަރެންގެ ބޭންކް ކެންޕޭންގެ ދަށުން ކުރިއަށްގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް -- ފޮޓޯ/ ބީއެމްއެލް

ބޭންކުގެ މުވައްޒަފުން ނުކުމެ ދުވުނު ޗެރިޓީ ރަންގައި ލިބުނު 90،000 ރުފިޔާ ވަނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސްއޭބަލްސް އަދި ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަނަށް ހަދިޔާ ކޮށްފައެވެ. އެ ފަރާތްތަކުގެ އެންމެ ގާތް އެކުވެރިޔާއަށް މިއަދު އެ ބޭންކް ވަނީ ވެފައެވެ. އޭގެ އިތުރުން ބ. އޭދަފުށީ ނުކުޅެދުންތެރިކަން ހުރި ކުދިންނަށްވަނީ މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށް އެފަރާތްތަކުގެ ދިރިއުޅުމަށް ފަސޭހަކަމެއް ފޯރުކޮށްދީފައެވެ.

ބީއެމްއެލްއިން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް" ކެމްޕެއިންގެ ދަށުން، ހުކުރު ދުވަހު ހަވީރު ބޭއްވި "ސްޓާފް ޗެރިޓީ ރަން"އަށް ފަހު ވަނީ ތިން ޖަމިއްޔާއަކަށް 90000 ރުފިޔާ ހަދިޔާކޮށްފައި -- ފޮޓޯ: ބީއެމްއެލް

"ދިވެހި މުޖުތަމައުގެ މުހިންމު އިޖުތިމާއީ ބައިވެރިއެއްގެ ހައިސިއްޔަތުން، އެންމެ ކުޑަކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާގެ ބޭނުންތައް ފާހަގަކޮށް، އެންމެންނަށް ބައިވެރިވެވޭނެ ރައްކާތެރި މާހައުލެއް ރާއްޖޭގައި ޤާއިމްކުރުމަށް ތަފާތު އެކި ދާއިރާތަކުން އެކިއެކި ބައިވެރިންނާއިއެކު ގިނަ އިޖްތިމާއީ މަސައްކަތްތަކެއް ބޭންކުން މިދަނީ ކުރަމުން. އެންމެހާ ރައްޔިތުންނަށް ބަރޯސާވެވޭނެ ފަދަ ޒިންމާދާރު އަދި ދިވެހިން ފަޚުރުވެރިވާނެ ފަދަ ބޭންކަކަށް ވުމަށް އަޅުގަނޑުމެން މިދަނީ ނުހަނު ބުރަކޮށް މަސައްކަތް ކުރަމުން. މި މަސައްކަތުގައި އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ ދިވެހިންގެ ބޭންކުގެ ގޮތުގައި މި ބޭންކު ބަލައިގެންފައިވުން،" ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ނިމިދިޔަ ފެބްރުއަރީ މަހުގައި ކުރިއަށްގެންދިޔަ "އަހަރެންގެ ބޭންކް" ކެމްޕޭނުގެ ދަށުން މިއަދު ދިވެހިންގެ ބޭންކް ވަނީ ދިވެހިިންނާ ވަރަށް ބޮޑަށް ގާތްވެފައެވެ. ދިވެހިންގެ ބޭންކުގެ ހިދުމަތް އެންމެންނަށްވެސް މިއަދު ފަސޭހަކަމާއެކު ލިބޭނެކަން އެ ބޭންކުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ބީއެމްއިންވަނީ މިދިޔަ މަހުގައި ވިލިމާލޭގައި ހުރި ސެލްފް ސާވިސް އޭޓީއެމްތަކުގެ ހިދުމަތް ފުޅާކޮށްފައެވެ. އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ އަދި ޗެކް ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށްވަނީ ކަށަވަރުކޮށްދީފައެވެ. އަދި އޭގެ އިތުރުން ވިލިމާލޭގައި ގާއިމުކޮށްފައިވާ ބޭންކުގެ ބްރާންޗަށްވެސް ވަނީ ޒަމާނީ ބަދަލުތަކެއްވެސް ގެނެސްފައެވެ. ވިލިމާލޭގެ އިތުރުން އައްޑޫގެ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި އަދި ހިތަދޫގައި ރީޖަނަލް ހޮސްޕިޓަލްގައިވެސް ސެލްފް ސާވިސް އޭޓީއެމް ގާއިމްކޮށް ރައްޔިތުންނަށް ހިދުމަތްތަށް ވަނީ ފަސޭހަ ކޮށްދީފައެވެ.

ބީއެމްއެލް އިން ވިލިމާލޭގައި އައު ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ގާއިމްކުރުން -- ފޮޓޯ/ބީއެމްއެލް

ގެދޮރުވެރިންނަށް އަމާޒުކޮށް އަހަރެންގެ ބޭންކް ކެމްޕޭނުގެ ދަށުން "ލައިފްސްޓައިލް ލޯން"ގެ ނަމުގައި އާ ލޯނެއް ބީއެމްއެލްއިން ތައާރަފްކޮށް ރައްޔިތުންގެ ބޯހިޔާވަހިކަމުގައި ވެދިނީ ބޮޑު އެހީތެރިކަމެކެވެ. ހުޅުމާލޭގެ ޓެކްސީތަކުގައި ކޭޝްލެސް ރައިޑުގެ ހިދުމަތް ތައާރަފުކޮށް، ޓެކްސީތަކަށް ފައިސާ ދެއްކުމުގައިވެސް ލިބުނީ ލުއި ފަސޭހަތަކެކެވެ. އަތޮޅުތެރޭގެ ކޭޝް އެޖެންޓުންގެ ހިދުމަތް ފުޅާކޮށް ބޭންކުން ފޯރުކޯށްދޭ ހިދުމަތްތައް އަތޮޅުތެރޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަދައިދީފައެވެ.

ބީއެމްއެލްއިން އަތޮޅުތެރޭގައި ދެމުންދާ ކޭޝް އެޖެންޓް ވިއުގަ އިތުރަށް ފުޅާކުރުމުގެ މަސައްކަތް ރ.ހުޅުދުއްފާރުން ފެށުން -- ފޮޓޯ/ބީއެމްއެލް

ފެބްރުއަރީ މަސް ނިމިގެން ދިޔައީ ބީއެމްއެލްގެ އޭޓީއެމްތަކަށް ޖަމާކުރެވޭ އަދި ވިތުޑްރޯކުރެވޭ ފައިސާ އިތުރުވި ޚަބަރާ އެކުއެވެ. އެއީ 25،000 ރުފިޔާއާ ހަމައަށް ފައިސާ ނަގައި، އަދި 50،000 އާ ހަމައަށް ފައިސާ ޖަމާކުރެވޭނެކަމުގެ އުފާވެރި ޚަބަރާ އެކުގައެވެ.

ބީއެމްއެލް 'ކޭޝްލެސް ރައިޑް' ޚިދުމަތް ހުޅުމާލޭ ޓެކްސީތަކަށް ތައާރަފްކުރުން -- ފޮޓޯ/ ބީއެމްއެލް

މީގެ އިތުރުން އިތުރު އެކައުންޓުތައް ހުޅުވުމާއި، ކާޑު ހެއްދުމުގެ އިތުރުން ލޯނަށް އެދި ހުށަހެޅުމުގެ ޚިދުމަތް އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް ލިބޭނެ އިންތިޒާމުވެސް ފެބްރުއަރީ މަހު ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްގެ އޮފީސްތަކުގައި ބޮޑެތި ކިއުތައް އޮތުމަށް ނިމުމެއް އައިސް، ކަސްޓަމަރުންނަށް ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ އިތުރު ގޮތްތަކެއް ފަހިވީއެވެ.

ބީއެމްއެލްގެ އަހަރެންގެ ބޭންކް ކެމްޕޭން އިއްޔެ ނިންމާލީ ހަދިޔާއަކާ އެކުގައެވެ. ބީއެމްއެލްގެ ގިފްޓް ކާޑް އަމިއްލައަށް ޑިޒައިންކޮށް، ލޯބިވާ ނުވަތަ ގާތް ފަރާތްތަކަށް ދޭނެ އެންމެ ރަނގަޅު ހަދިޔާއެއް ލިބުނީއެވެ.

ލޯބިވާ ފަރާތްތަކަށް ދިނުމަށް އަމިއްލަ އަށް ޑިޒައިން ކޮށްލެވޭ ބީއެމްއެލް ގިފްޓްކާޑް ތައާރަފް ކުރުން -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

"މުޖުތަމައަށް ފައިދާހުރި އެތައް ކާމިޔާބުތަކެއް ދިވެހިންނަށް ހޯދައިދީ، އަޅުގަނޑުމެން އެންމެންނަށް ބަރޯސާ ވެވޭނެ ފަދަ ޒިންމާދާރު ފަރާތެއްކަން ބޭންކުން މިއަދު މިވަނީ ކަށަވަރު ކޮށްދީފައި. މިކާމިޔާބީތަކާއިއެކު ދިވެހި ކޮންމެ އާއިލާއެއްގެ ކޮންމެ މެމްބަރަކުވެސް ގަބޫލުކުރަނީ ބޭންކް އޮފް މޯލްޑިވްސްއަކީ އަހަރެންގެ ބޭންކްގެ ގޮތުގައި. ފަޚުރުވެރި ދިވެހިންގެ ބޭންކުގެ ގޮތުގައި،" ބޭންކުގެ ޑެޕިއުޓީ ސީއީއޯ ޝަރީފް ވިދާޅުވިއެވެ.

comment ކޮމެންޓް