އެޕަލް އިން "ސުޕަ ސައިޒް"ގެ އައިފޯނު އެކްސް އެއް ނެރެނީ

އައިފޯން އެކްސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެޕަލް އިން އެކުންފުނީގެ އައިފޯނު އެކްސްގެ ތިން މޮޑެލްއެއް ނެރޭނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެގޮތުން ހުސްވި އަހަރު ނެރުނު އައިފޯން އެކްސްގެ އަޕްޑޭޓެޑް ވާޝަން އަކާއި، އަގުހެޔޮ އައިފޯން އެކްސް އެއް، އަދިމިހާރު ބާޒާރުގައި ހުރި އައިފޯނު އެކްސްއަށް ވުރެ ސައިޒުގެ ގޮތުން ބޮޑު ފޯނެއް މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ބާޒާރަށް ނެރޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ތިން ފޯނުގައިވެސް ފޭސް އައިޑީ ބޭނުން ކުރާނެއެވެ. އެޕަލް އިން މަސައްކަތް ކުރަނީ އެކުންފުނީގެ އާ އުފެއްދުންތަކުގައި ޓަޗް އައިޑީ ބޭނުންކުރުން ހުއްޓުވުމަށެވެ.

އެޕަލް އިން އުފައްދާ "ބޮޑު" އައިފޯނު އެކްސްގެ ޑިސްޕްލޭގައި ހަ އިންޗި ހުންނާނެއެވެ. މިހާރު ބާޒާރުގައި ހުރ ިއައިފޯނުގައި ހުންނަނީ 5.8 އިންޗިއެވެ.

މި ފޯނުގެ އިތުރު ފީޗާސްތަކަކީ މިހާރުވެސް ބާޒާރުގައި ހުރި އައިފޯނު އެކްސްގެ ފީޗާސްތައް ނަމަވެސް އެޕަލް އިން މަސައްކަތް ކުރަނީ ގޯލްޑު ކުލައިގެ އައިފޯނު އެކްސްއެއް ބާޒާރަށް ނެރުމަށެވެ. މިފޯނުގެ އަގު އުޅޭނީ 700 ޑޮލަރާއި 800 ޑޮލަރާ ދެމެދުގެ އަގެއްގައި ކަމަށް ބެލެވެއެވެ.

comment ކޮމެންޓް