ސެމްސަންގް ގެލެކްސީ އެސް9 ނެރެފި

އެސް9---

ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯނު ގެލެކްސީ އެސް9 ނެރެފިއެެވެ.

މިހާރު ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ ރަސްމިއްޔާތެެއްގައި މި ފޯނު ލޯންޗްކޮށްދިނީ ސެމްސަންގްގެ މޮބައިލް ހެޑު، ޑީޖޭ ކޮހްއެވެ.

އެސް9 ގައި ހިމެނޭ ކެމެރާއަކީ ގެލެކްސީ ސީރީޒްގެ އެހެން ފޯނުތަކާއި އަޅާބަލާއިރު ކޮލެޓީ ކެމެރާއެކެވެ.

ސެމްސަންގްގެ އާ ފޯނުގައި ހިމެނޭ ފޭޝަލް ރިކޮގްނިޝަން ފީޗާގައި ލޮލުގެ އައިރިސް ސްކޭން ކުރެވޭނެއެވެ.

އެސް9 ސީރީޒްގައި ދެ ފޯނެއް ހިމެނެއެވެ. އެއީ 5.8 އިންޗީގެ އެސް9 އާއި 6.2 އިންޗީގެ އެސް9 ޕްލަސްއެވެ. މީގެ ކުރިން ކެމެރާގެ ކަނާތް ފަރާތުގައި އިންނަ ފިންގާ ޕްރިންޓް ސްކޭނާ، މި ފޯނުގައި ވަނީ ކެމެރާގެ ތިރިއަށް ޖައްސައިފައެވެ.

ފޯނުގައި ބޭނުންކޮށްފައިވާ ސްޓީރިއޯ ސްޕީކަރާއެކު އެސް9ގެ އަޑު، އެސް8 އަށްވުރެ 40 ޕަސެންޓް އަޑު ބާރުވާނެއެވެ.

އެސް9 ލޯންޗު ކޮށްފައިވަނީ އެންޑްރޮއިޑް އޯރިއޯ އޮޕަރޭޓިންގ ސިސްޓަމާއެކުގައެވެ. 64 ޖީބީގެ ސްޓޯރޭޖުގެެ މިފޯނުގެ ސްޓޯރޭޛޫ، މައިކްރޯ އެސްޑީ ކާޑަކާއެކު 400 ޖީބީއަށް ބޮޑުކޮށްލެވޭނެއެވެ.

ފޯނަށް ޕްރީ އޯޑާކުރުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހު ހުޅުވާލާނެއެވެ. އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ފިހާރަތަކުން އާންމުކޮށް ގަންނަން ލިބެން ހުންނާނެއެވެ.

comment ކޮމެންޓް