ހުޅުމާލޭ ފްލެޓެއްގެ ވައިގޮޅިން ވެއްޓި ބިދޭސީއަކު ސީރިއަސް ހާލަތުގައި

ހުޅުމާލޭގައި މިއަދު ވަނީ ފްލެޓެއްގެ ވައިގޮޅިން ބިދޭސީއަކު ވެއްޓި ހާލު ސީރިއަސްވެފައި-- ސަން ފައިލް ފޮޓޯ

ހުޅުމާލޭ ފްލެޓެއްގެ ވައިގޮޅިން ވެއްޓުނު ބިދޭސީއެއްގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފިއެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން މައުލޫމާތުދިން ގޮތުގައި ވެއްޓި ޒަޚަމްތަކެއް ލިބިފައިވަނީ ބިދޭސީ ފިރިހެނަކަށެވެ. އޭނާ ވެއްތުނީ ހުޅުމާލެ ފަސް ނަމްބަރު ފްލެޓުގެ ހަތަރުވަނަ ބުރީގެ ވައިގޮޅިން ކަމަށް އާސަންދައިން ބުންޏެވެ.

އޭނާ ކަނދުރާއަށް ގެއްލުން ވެފައިވާއިރު، މޭ ކަށިގަނޑާއި އަތުގައި ވަނީ ރެނދުލާފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެއްޓުނު ބިދޭސީ މީހާ މިހާރު ވަނީ އިތުރު ފަރުވާ އަށް 13:30 ހާއިރު އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފައެވެ. އާސަންދައިން ބުނީ އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ކޯމާއެއްގައި ކަމަށާއި ގެނައީ އިންކިއުބޭޓު ކޮށްގެން ކަމަށެވެ.

comment ކޮމެންޓް