ބީއެމްއެލް އިން މާލޭ ސްވިމިން ޓްރެކް ސާފުކޮށް 180 ކިލޯގެ ކުނި ނަގައިފި

ފޮޓޯ: ބީއެމްއެލް---

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "އަހަރެންގެ ބޭންކް ކެމްޕެއިން"ގެ ދަށުން މި މަހުގެ ކޮންމެ ދުވަހަކު އަންނަނީ މުޖުތަމައަށް ފައިދާހުރި ހަރަކާތެއް ބާއްވަމުންނެވެ.

އެގޮތުން އެ ބޭންކުން އިއްޔެ ވަނީ މާލޭގެ ސްވިމިން ޓްރެކް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތުގެ ތެރެއިން 180 ކިލޯގެ ކުނި ވަނީ އެ ސަރަހައްދުން ނަގައިފަ އެވެ.

އޭގެ ތެރޭގައި 492 ޕްލާސްޓިކް ފުޅި އާއި 310 ޕްލާސްޓިކް ކޮތަޅު އަދި 250 ދަޅުގެ އިތުރުން ލަކުޑި އާއި އާންމު ކުނި ނަގާފައިވާ ކަމަށް ބޭންކުންް ބުނެ އެވެ.

އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޑައިވް ކްލަބް މޯލްޑިވްސް އަދި ޑައިވް ޑެސްކާ ގުޅިގެންނެވެ. ހަރަކާތުގައި ބެންކުގެ މުވައްޒަފުން ވެސް ޑައިވަރުންގެ ގޮތުގައި ބައިވެރިވި އެވެ.

އެ އިވެންޓުގެ މަގްސަދަކީ ބީއެމްއެލް ސްވިމިން ޓްރެކަކީ ގިނަ އަދަދެއްގެ މީހުންނާއި ކުޑަ ކުދިން ބޭނުންކުރާ ތަނަކަށް ވެފައި އެ ސަރަހައްދު ސާފުކޮށް ބޭއްވުން ކަމަށް ބޭންކުން ބުނެ އެވެ.

comment ކޮމެންޓް