"ސްޓާ ވޯޒް: އެޕިސޯޑް 9"ގެ ސްކްރިޕްޓް ނިމިއްޖެ، ޖުލައި މަހު ޝޫޓިން ފަށަނީ

ސްޓާ ވޯޒްގެ އެޕިސޯޑް ނުވައެއްގެ ޝޫޓިން އަންނަ ޖުލައި މަހު ފަށަނީ---

ޖޭޖޭ އެބްރަމްސް ޑައިރެކްޓުކުރާ "ސްޓާ ވޯޒް: އެޕިސޯޑް 9" ގެ ސްކްރިޕްޓް މިހާރު ލިޔެ ނިމިފައިވާ ކަމަށާއި އަންނަ ޖުލައި މަހު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ބުނެފިއެވެ.

އެބްރަމްސް ބުނީ އަވަހަށް ސްކްރިޕްޓް ލިޔެ ނިންމާލެވުމަކީ ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށާއި އެ ފިލްމުވެގެން ދާނީ ވަރަށް ވަރުގަދަ ފިލްމަކަށް ކަމަށެވެ.

"ވަރަށް ހިތްހަމަ ޖެހޭ ފިލްމުގެ ސްކްރިޕްޓް އާ ދޭތެރޭ. އަނެއްކޮޅުން ވަރަށް އުފާވޭ އެހާ އަވަހަށް ސްކްރިޕްޓް ލިޔެ ނިމުމުން. ޖުލައިގައި ޝޫޓިން ފެށުމަށް ތައްޔާރު ވަމުން މި ދަނީ،" އޭނާ ބުންޏެވެ.

ދެހާސް ފަނަރަވަނަ އަހަރު ނުކުތްް "ސްޓާ ވޯޒް: ދަ ފޯސް އެވޭކަންސް"އަށްވުރެ "ސްޓާ ވޯޒް: އެޕިސޯޑް 9" މާ ކާމިޔާބުވާނެ ކަމަށާއި ފިލްމު ބެލުންތެރިންނަށް ކަމުދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދެހާސް ބާރަވަނަ އަހަރުގެ ފިލްމު "އާގޯ"ގެ ސްކްރިޕްޓް ލިޔުނު ކްރިސް ޓެރިއޯވެސް "ސްޓާ ވޯޒް: އެޕިސޯޑް 9"ގެ ސްކްރިޕްޓް ލިޔުމުގައި ޖޭޖޭއާއެކު ހަރަކާތްތެރިވިއެވެ. ޖޭޖޭ ބުނީ ސްކްރިޕްޓް ލިޔުމުގައި ކްރިސްވެސް ހިމެނުމުން އުފާވާކަމަށާއި އޭނާއަކީ ތަފާތު ހިޔާލުތައް ގެންގުޅޭ މޮޅު މީހެއް ކަމަށެވެ.

"ސްޓާ ވޯޒް: އެޕިސޯޑް 9" ރިލީޒްކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

comment ކޮމެންޓް