އަޔާދީ ތަކާފުލް ޕްލޭނެއް ނަގައިގެން 50000 ރުފިޔާގެ ވައުޗަރެއް މުޅިން ހިލޭ!

އެލައިޑްގެ ގިފްޓް ވައުޗަރުގެ ހިދުމަތް ފެށުމާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެލައިޑްގެ އިސްލާމިކް ވިންޑޯ ކަމަށްވާ އަޔާދީ ތަކާފުލް އިން އިންޝުއަރެންސް ޕްލޭނެއް ނަގައިގެން ހޯމް ކޮންޓެންޓް ތަކާފުލް ވައުޗަރެއް މުޅިން ހިލޭ ލިބޭ ޕްރޮމޯޝަނެއް އަޔާދީ ތަކާފުލްއިން ފަށައިފިއެވެ.

އެލައިޑުން ބުނީ، އެ ޕްރޮމޯޝަނަކީ އަޔާދީ ތަކާފުލްއަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. އަދި އެ ޕްރޮމޯޝަންގެ ދަށުން އަޔާދީ ތަކާފުލް ޕްލޭނެއް ނަގައިގެން 50،000 ރުފިޔާގެ ހޯމްކޮންޓެންޓް ތަކާފުލް ވައުޗަރެއް ލިބޭނެކަމަށެވެ.

އެލައިޑުންބުނީ، އެ ޕްރޮމޯޝަންގެ ދަށުން ހިލޭ ވައުޗަރު ލިބިގެންދާނީ ގާނޫނީގޮތުން ނަގަންޖެހޭ ތާޑްޕާޓީ އިންޝުއަރެންސް އަދި އެކްސްޕާޓްރިއޭޓް ތަކާފުލް ފިޔަވާ ދެން އެހެން ތަކާފުލް ޕްލޭނެއް ނަގާ ފަރާތްތަކަށް ކަމަށެވެ.

އެލައިޑް ހޯމްކޮންޓެންޓް ތަކާފުލް އަކީ، ގޭގައި ހުންނަ އަގުބޮޑެތި ފަރުނީޗަރު އަދި މުދާ ފަދަ ތަކެއްޗަށް ލިބިދާނެ ގެއްލުމަަކަށް ބަދަލެއް ހޯދައިދިނުމުގެ ގޮތުން އެލައިޑުން ތައާރަފްކޮށްފައިވާ އިންޝުއަރެންސް ޕޮލިސީއެކެވެ. އެ ޕޮލިސީގެ ދަށުން 50،000 ރުފިޔާއިން ފެށިގެން ފަސްލައްކަ ރުފިޔާއާ ދެމެދުގެ މުދަލަށް ކަވަރޭޖް ލިބިގެންދާނެ ކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑު ގިފްޓް ވައުޗާއަކީ ރާއްޖޭގެ އިންޝުއަރެންސް ކުންފުންނަކުން ފުރަތަމަ ފަހަރަށް ތައާރަފް ކުރި ހިދުމަތެކެވެ. އެ ހިދުމަތް ބޭނުންކޮށް އާއިލާގެ މީހުންނާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށްވެސް އިންޝުއަރެންސް ޕޮލިސީ ހަދިޔާއެއްގެ ގޮތުގައި ދެވިގެންދާނެއެވެ.

comment ކޮމެންޓް