އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް --- ފޮޓޯ/ މީސް މީޑިއާ

ސަރުކާރާ ދެކޮޅަށް އައްޑޫ ސިޓީ ހިތަދޫގައި މިއަދު ކުރި މުޒާހަރާއިގެ ތެރެއިން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް އާއެކު އިތުރު ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެމްޑީޕީ ހަރުގެ ކުރިމަތީގައި ފެށި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ފުލުހުން މިއަދު ހައްޔަރުކުރީ، މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުމެ އަޑު އުފުލަން ފެށުމުންނެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ހުޅުދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝުކުރީ ވިދާޅުވީ ޔަސްރިފްއާއެކު ހައްޔަރުކުރި މީހުން މިވަގުތު ވަނީ ހިތަދޫ ޕޮލިސްޓޭޝަނަށް ގެންގޮސްފައި ކަމަށެވެ.

ނަމަވެސް އޭނާ ހައްޔަރުކުރީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ.

މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިއްޔެ ވެސް އައްޑޫ ސިޓީގެ ރައްޔިތުން ވަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފައެވެ.

އަދި އިއްޔެއާ މިއަދު އައްޑޫ ސިޓީގައި ކުރި މުޒާހަރާ ވެސް ކޮންޓްރޯލް ކުރުމުގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެފައިވެއެވެ.

comment ކޮމެންޓް