އެޕަލް އިން ނެރޭ ވަޔަލަސް ޗާޖިން ޕެޑް އަންނަ މަހު

އައިފޯނާއި އައިވޮޗް އަދި އެއާ ޕޯޑް އެއްކޮށް ޗާޖު ކޮށްލެވޭ ވަޔަލަސް ޗާޖިން ޕެޑް އަންނަ މަހު ބާޒާރަށް ނެރޭނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެއާޕަވާގެ ނަން ދީފައިވާ މި ވަޔަލެސް ޗާޖިން ޕެޑް ބޭނުންކޮށްގެން ޗާޖު ކުރަން އެއްވެސް ކޭބަލެއް ބޭނުމެއް ނުވާނެ އެވެ. އެއާޕޮޑުގެ މަތީގައި އައިފޯނު އެކްސް، އަދި އައިފޯނު 8ގެ ފޯނުތައް ޗާޖު ކުރެވޭނެ އެވެ.

އައިވޮޗްގެ ތެރެއިން މި ޑިވައިސް ބޭނުންކޮށްގެން ޗާޖު ކުރެވޭނީ ސީރީޒުތްރީ އައި ވޮޗް އެވެ. މީގެ އިތުރުން އެއާ ޕޮޑުގެ އާ ސީރީޒެއް ވެސް އެޕަލް އިން މި އަހަރު ތައާރަފު ކުރާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

މި އުފެއްދުމުގެ އަގު އަދި އާންމުކޮށްފައެއް ނުވެ އެވެ. ބައެއް ރިޕޯތުތައް ބުނާ ގޮތުން އެއާ ޕަވާގެ އަގު އުޅޭނީ 199 ޑޮލަރުގަ އެވެ.

comment ކޮމެންޓް