ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ހައްޔަރުކޮށްފި

ހޯމް މިނިސްޓްރީގެ ސްޕޯކްސް ޕާސަން ތަޒުމީލް އަބްދުއްސަމަދު ސަން ޓީވީޣެ 50 މިނެޓް ޕްރޮގްރާމްގައި --- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ހައްޔަރުކޮށްފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ތަޒްމީލް ހައްުޔަރުކޮށްފައި ވަނީ މިރޭ 11:00 އެހައިކަންހާއިރު މާލެއިންނެވެ.

އޭނާ ހައްޔަރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ. އެކަމާ ގުޅިގެން ފުލުހުން އަދި ވަކިއެއްޗެއް ބުނެފައެއްނުވެ އެވެ.

ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު މައްސަލައެއް ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ބޮޑީގާޑު އަހުމަދު ޝާނީޒް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑަކަށް މަސައްކަތް ކުރެއްވި ސިމާދު އަހުމަދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަން (އެސްއޯ)ގެ ތެރޭގައި އޮންނަ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވަޓް)ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް