ބަޣާވާތުގެ މަަސައްކަތްތަކެއް މެލޭޝިއާގައި ވެސް ކުރި: އަލީ އާރިފް

ޕީޕިއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަރުކާރު ވައްޓާލުމުގެ މަސައްކަތަކެއް މެލޭޝިއާގައި ދިވެހިންގެ ބަޔަކު ކޮށްފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން މައުލޫމާތު ދީފައިވާ ކަމަށް ޕީޕީއެމްގެ ސްޕޯކްސްޕާސަން އަލީ އާރިފް ވިދާޅުވެއްޖެ އެވެ.

ރޭ ޕިޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާރިފް ވިދާޅުވީ ބަޣާވާތުގެ މަސައްކަތް މެލޭޝިޔާގައި ވެސް ކުރި ކަމަށް ރާއްޖެ އިން މެލޭޝިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރޭ މެސެޖް ކުރައްވައި ވިދާޅުވި ކަމަށެވެ.

އެ މައުލޫމާތު ސަފީރަށް ލިބިލެއްވީ މެލޭޝިއާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުންގެ ފަރާތުން ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.

މެލޭޝިއާ މީހުން ރާއްޖެ ޒިޔާރަތްކުރުމުގައި ޓްރެވެލް އެޑްވައިޒަރީއެއް ނުނެރޭނެ ކަމަށް ސަފީރު އަރިހު މެލޭޝިއާގެ އޮފިޝަލުން ވިދާޅުވެފައިވާ ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި މިހާރު ހިނގަމުންމިދާ ކަންކަން ހައްލުކުރުމުގެ ގާބިލުކަން ދިވެހި ސަރުކާރުގައި ހުރިކަމަށް ގަބޫލުކުރާ ކަމަށް މެލޭޝިއާ ސަރުކާރުން ބުނެފައިވާ ކަމަށް ވެސް އަލީ އާރިފް ވިދާޅުވި އެވެ.

comment ކޮމެންޓް