އަމީތު އާއި އަބުޅޯ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ) --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު 16:30 އިން ފެށިގެން ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން އަމީތު އާއި އަބުޅޯ ހައްޔަރުކޮށްފައިވަނީ މަޖީދީމަގުން ހެންވޭރު ދަނޑާ ހިސާބުން 6:05 އެހައިކަންހާއިރުއެވެ.

އަމީތު އާއި އަބުޅޯ އަކީ މިއަދުގެ މުޒާހަރާ ލީޑުކުރުމުގައި ހަރަކާތްތެރިވި ދެ ބޭފުޅެކެވެ. އަދި ފުލުހުން އިދިކޮޅު މުޒާހަރާގެ މަޖީދީމަގުން ކުރިއަށްދާން ފެށުމުން ފުލުހުން ވަނީ އެމީހުން ހުއްޓުވާފައެވެ.

ރޭގެ މުޒާހަރާގައި ފުލުހުން ވަނީ ގަލަޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް