ޕީޕީއެމްގެ ހާއްސަ ރެލީއަކަށް މެޑަމް ފާތުން އައްޑޫއަށް

ފަސްޓްލޭޑީ އާއި ޕީޕީއެމް މެމްބަރުން އައްޑޫ އަށް ފުރަން ފްލައިޓްގައި-- ފޮޓޯ: ނިހާން ޓްވިޓަ

އައްޑޫ ސިޓީގައި ޕީޕީއެމުން ބާއްވާ ހާއްސަ ރެލީއަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ދީދީ މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

"މަގޭ ގައުމާ މަގޭ ދީނާ ނުކުޅެއްޗޭ" ނަމުގައި އޮންނަ މި ރެލީގައި ބައިވެރިވުމަށް ފަސްޓްލޭޑީގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ވަޑައިގެންނެވިއެވެ. އައްޑުއަށް ވަޑައިގެންނެވި މިނިސްޓަރުންގެ ތެރޭގައި އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ.

މި ދަތުރުގައި އައްޑުއަށް ވަޑައިގަތް މަޖިލީސް މެމްބަރުންގެ ތެރޭގައި ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި އިނގުރައިދޫ ދާއިރާގެ އިބްރާހީމް ފަލާހު ހިމެނިވަޑައިގަންނަވައެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި އޮންނަ ރެލީގެ އިތުރުން މިއަދު ހަވީރު އައްޑޫގައި ހަރަކާތްތައް ފަށާނެއެވެ. މީގެ އިތުރުން ހިތަދޫ ސްޓޭޖު ސަރަހައްދުގައި އެކިއެކި ހަރަކާތްތަކާއެކު ފެސްޓިވަލެއް ކުރިއަށް ގެންދާނެއެވެ. އަދި އައްޑޫ ސިޓީގެ އެކި އަވަށްތަކުގެ ޕީޕީއެމްގެ އޮފީސްތަކުގައިވެސް އެކި ހަރަކާތްތައް ކުރިއަަށް ގެންދަން ވެސް ވަނީ ނިންމާފައެވެ.

comment ކޮމެންޓް